މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ މާފަންނު ގެއެއްގައި އަންހެނަކު ކިޑްނެޕް ކުރި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، އަތުހަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޣައިރު ހާޒިރުގައި ކޯޓަށް ހުށަހެޅުމުން ގާޒީ ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެރޭ އެ ހާދިސާގައި ހިމެނޭ އަންހެން މީހާ ރަހީނުކޮށް އޭނާ ހުރި ގޭތެރޭގައާއި އަދި މަގުމައްޗަށް ނެރެ ވެސް ވަނީ އަނިޔާކޮށްފައެވެ. ފުލުހުން އެ އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސާ ފުލުހުންނަށް އަހުތަރު ވަނީ އިންޒާރު ދީފައެވެ. އެއާއެކު ފުލުހުން ވަނީ އަހުތަރާ އެކު ވާހަކަ ދައްކައިގެން އެ އަންހެން މީހާ ސަލާމާތް ކުރުމަށް މަސައްކަތް ކޮށްފައެވެ.

އަހުތަރު ވަނީ އޭނާ އެ އަންހެންމީހާ އާއެކު ވަކި ހިސާބަކަށް ދިއުމަށް ފަހު އެ އަންހެން މީހާ ދޫކޮށްލާނެ ކަމަށް ބުނެފައެވެ. އަދި އެއަށް ފަހު އެ އަންހެން މިހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އެ އަންހެން މީހާއާ އެކު ސައިކަލަކަށް އަރައިގެން އެމީހާ ވަނީ ގޮސްފައެވެ. ނަމަވެސް އޭރު ފުލުހުން ދިޔައީ އެމީހާ ފޮލޯ ކުރަމުންނެވެ.

އެމީހާ އަތުލައިގަތުމަށް ފުލުހުން ހުށިޔާރު ކަމާއެކު ހަރަކާތްތެރިވެ އެ މީހާ މަގުމައްޗަށް ވައްޓާލުމުން އެމީހާ އަށް އަނިޔާވެ އޭޑީކޭގައި އެރޭ ވަނީ ފަރުވާ ދީފައެވެ. އެއަށްފަހު އައިޖީއެމ،ްއެޗަށް ވެސް އެމީހާ ވަނީ ގެންގޮސް ފަރުވާ ދީފައެވެ. އަދި އަތުހަރުގެ އެއްވެސް ޓެސްޓަކުން އޭނާއަށް އެއްވެސް ސިއހްީ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.