ނުވަ މިލިއަން ރުފިޔާގެ ޑްރަގާ އެކު ރާއްޖެ އައި ނެދަލޭންޑްސްގެ މީހަކު އަތުލައިގެންފިއެވެ.

ކަސްޓަމުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މިދިޔަ އާދީއްތަ ދުވަހު މަސްތުވާތަކެއްޗާ އެކު އަތުލައިގެންފައި ވަނީ ރާއްޖެ އައި ނެދަލޭންޑްސްގެ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ވެލާނާ އެއާޕޯޓުން ހުއްޓުވައި، ލަގެޖް ފާސްކޮށް ބެލިބެލުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯން ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

އެ ހިދުމަތުން ބުނި ގޮތުގައި، ބަރުދަނުގައި 6.07 ކިލޯގްރާމް ހުރި މި ތަކެއްޗަށް 9.11 މިލިއަން ރުފިޔާ އަރައެވެ.

މަސްތުވާތަކެއްޗާއެކު މިހާރު އޭނާ ވަނީ ފުލުހުންނާ ހަވާލު ވެސް ކޮށްފައެވެ.