ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރަން ގޮސް ހުރި ފަސިންޖަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ، އިއްޔެ ހަވީރު 17:13 ގައި މޯލްޑިވިއަންގެ ފްލައިޓަކުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް ބަލައި ފާސް ކުރުމުގެ ތެރޭގައި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ.

އަދި ކަމާއި ބެހޭ ފަރާތްތަކާ އެ މީހާ ހަވާލުކޮށްފައިވާ ކަމަށް އޭވިއޭޝަން ކޮމާންޑުން މައުލޫމާތި ދީފައި ވެއެވެ. އެ މީހާ އާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބިފައި ނުވެއެވެ.

ދާދިފަހުންވެސް ވަނީ ފުރަންގޮސް ހުރި ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނިފައެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، އުދަރެސް، ސަހާ ވަހީދެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި މި ތަކެތީގެ ބަރުދަނަކީ 209 ގްރާމް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކޮށްފައެވެ.