ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބަދުނާމުކޮށް ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނެ ހާމަ ކުރި ވީޑިއޯއަކީ ފޭކު ވީޑިއޯއެއްކަން ހާމަވެއްޖެއެވެ.
މި ވީޑިއޯ އާންމުކުރި ކުރުސީގެ އެކައުންޓުން ވަނީ އެއީ ފޭކު ވީޑިއޯއެއް ކަމަށާއި އެކަން ކުރެވުމުން ޑރ. ޝަހީމްގެ އިތުރުން އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭކަމަށް ބުނެފައެވެ. ކުރުސީ ވަނީ މިކަމުން ޝަހީމް އަށާއި އޭނާގެ އާއިލާއަށް ކުރިމަތިވެދާނެ ގެއްލުމަކަށް ހިތާމަކުރާކަމަށާއި، ނުކުރާ ކަމެއްގެ އިލްޒާމު އެއްވެސް މީހެއްގެ ބޮލުގައި އެޅުވިގެން ނުވާނެ ކަމަށްވެސް ބުނެފައެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިސްލާމީކް މިނިސްޓަރު ޑރ ޝަހީމް އަކީ ފުރައްސާރަކޮށް ހަގީގަތާ ހިލާފު އިލްޒާމުތައް އަޅުވައިގެން ފަހަތަށް ޖެއްސޭނެ ބޭފުޅެއްނޫން ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވުމާ ގުޅިގެން ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މަޖިލީހުގެ ރައީސް ދޭ މިފަދަ ހިތްވަރަކީ މަސައްކަތައް ލިބޭ އާދިރުމެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
އެކަހަލަ ނުބާ ނުލަފާ ޖާހިލުކަންތަށްކޮންފަ މާފަންއެދުނީމަވީތަ ބަދަލުގަ ކުރުސީއަތުން ފަސްމިލިޔަންރުފިޔާ ނަގާފަ ލާންވީ ފަސްއަހަރަންޖަލައް
ޟިރުކު ކުރުން ފިޔަވާ ކޮންމެ ކުށެއް ކުރެވުނަސް ތައުބާވުމުން ﷲ ޢަފޫ ކޮށްދެއްވާ، ވީމާ ކުރުސީއައް ކުރެވުނު ކުށައް އޭނަ ދެރަވެ މާފަށް އެދުމުން އޭނައަށް މާފު ނުކުރާންވީ ސަބަބެއް ނެތް