މާލޭ މަގުމަތިން ބިދޭސީއެއްގެ އަތުން ފޯނު ފޭރިގެން ދެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި ހާދސާ ހިންގާފައި ވަނީ މިއަދު މެންދުރު 12:38 ހާއިރު ހ. އެއްގަމުގެ ކައިރިން ކަމަށެވެ.

އެ ސަރަހައްދުން ހިނގާފައި ދިޔަ ބިދޭސީ ފިރިހެނެއްގެ އަތުގައި އޮތް ފޯނު، ސައިކަލެއްގައި ދިޔަ ދެމީހަކު ވަނީ ފޭރިގެންފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފޭރުނު ފޯނު ރިކަވާ ކުރެވިފައިވާ ކަމަށާއި ފޯނު ފޭރުނު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެއެވެ. އެއީ އުމުރުން 32 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.