ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން އިތުރު 18 ގޯތި އެ ގޯތީގެ ވެރިފަރާތާއި ހަވާލު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީި އިން ބުނީ މިއަދު ހަވާލު ކުރި 18 ގޯއްޗާއެކު މިއަދާ ހަމައަށް ޖުމްލަ 624 ގޯތި ހަވާލު ކޮށްފައިވާ ކަމަށެވެ.

ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާއިރު، މިދިޔަ އަހަރު ދޫކޮށްފައި ވަނީ 465 ގޯތި ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ. އަދި މި އަހަރު 159 ގޯތި ދޫކޮށްފައި ވާކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ.

އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. އަދި ހުޅުމާލެއިން ދޫކުރާ ގޯތީގެ އިތުރުން ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.