ސްކޫލު މަދަރުސާތަކުން ދޭ ހޯމް ވޯކްތައް ގިނަ ކަމުން ލިޔެ ލިޔެ އަތްވާޅުވާ މައްސަލަ ގިނަ ދަރިވަރުން ޖައްސައެވެ. އަދި ގަޑިއަށް ނުވަތަ ދުވަހަށް ހޯމް ވޯކް ނުނިމިގެން އަދަބު ލިބިފައިވެސް އެބަހުއްޓެވެ.

ސްކޫލުގައި ޓީޗަރުންގެ ފަރާތުން ގޭގައި މައިންބަފައިންގެ ހަންމުށި, ނުވަތަ އިލޮށިފަތީގެ ތަދުކަން ނުފިލާ އެތައް ކުދިންނެއް އުޅެއެވެ.

އަލާއުއްދީންގެ ވޮއްކޮޅު އިން ޖިންނި މެދުވެރިކޮށް 3 ވިޝް އެއް ލިބޭނެނަމަ އެއް ވިޝްއަކަށް މެޖިކް ޕެން އެއް ލިބޭތޯ އެދިއެދި ތިބި އެތައް ދަރިވަރުންނެއްވެސް ހިމެނެއެވެ.

އިންޑިއާގެ ޓިސޫރުގެ ދަރިވަރަކު އީޖާދު ކުރި މެޝިނަކީ, އާޓިފިޝަލް އިންޓެލިޖަންސް [އޭއައި] ގެ އެހީގައި އޭނާގެ އަތުލިޔުމުން ހޯމް ވޯކް ހަދާލެވޭ މެޝިނެކެވެ. އުމުރުން 22 އަހަރުގެ ދަރިވަރު އީޖާދު ކުރި މެޝިނަކީ ޗެޓްޖީޕީޓީ ގެ އެހީގައި އޭނާގެ އަމިއްލަ އަތުލިޔުމުން ކަރުދާހުގައި ލިޔެލަދޭ މެޝިނެކެވެ. މެޝިންގައި ނޯޓް ޕެޑް ނުވަތަ ފޮތް ބާއްވާ, ހޯމްވޯކް ހަދަން ޖެއްސުމުން, ގަނޑަކަށް ފަހު ގަނޑެއް ލިޔެ, ގަނޑު އުކާ ޖެހިގެން އޮންނަ ގަނޑުގައި ލިޔެ ހަދައެވެ. އަދި ގްރާފްތަކާއި ޑައިގްރަމްތައްވެސް ކުރަހާލަދެއެވެ.

ހޯމް ވޯކް ނިންމާ ބަލާއިރު އަތުން ލިޔެ ކުރަހާ ކޮށްފައި އޮންނަ މަސައްކަތެކޭ ތަފާތެއް ނުހުރެއެވެ.

https://youtu.be/i4XmC82CL3s

ކެރަލާއަށް އުފަން ދެވާދަތް ނަމަކަށް ކިޔާ މިދަރިވަރު އެ އެމަސައްކަތަށް ބޭނުންކުރާ ސޮފްޓްވެއާ ތައްޔާރު ކުރީ ޕައިތަން ލެންގްއޭޖް ބޭނުންކޮށްގެންނެވެ.

އޭނާ ބުނާގޮތުން އެ މެޝިން އިޖާދު ކުރުމުގެ ހިޔާލު އައީ, ކޮލެޖްގައި ދޭ ހޯމް ވޯކްތައް ގިނަވެ, ކޮންމެ ދުވަހަކުހެން ލެބް ރިޕޯޓްތައް ލިޔެ ތައްޔާރު ކުރަން ޖެހޭތީ އެކަން ބޮޑުވެގެން އެކަމަށް ހައްލެއް ހޯދުމުގެ ވިސްނުމުގެ ތެރެއިންނެވެ.

އަތުލިޔުމުން ހޯމްވޯކް ހެދޭ މެޝިނުން ލިޔެފައިވާ ޕޭޕަރެއް

އެ މެޝިންގެ އެހީގައި ތައްޔާރު ކުރި ފުރަތަމަ ހޯމްވޯކް ކްލާހުގެ ޕްރިފެޝަރަށް ދެއްކުމުން ޕްރޮފެސަރަށް ޝައްކު އުފެދުނެވެ. އެއީ އޭނާ އޭގެ ކުރިން ހަދާ ހޯމްވޯކްތަކުގައި ހުންނަ އެއްގޮތް ނޫން ބައެއް ސިފަތައް މި ހޯމްވޯކް ކަރުދާހުން ފެންނަން ނެތި އިތުރު ރޮނގެއް ކުރެހުމެއް ނުވަތަ ކަނޑާ, ކުރަހާ ހަދާފައި ނެތުމުންނެވެ.

ދެވްނާތު ގެ އަތުލިޔުމާއި މެޝިނުން ލިޔެފައިވާ އޭނާގެ އަތުލިޔުމުގެ ނަކަލު

އެއާއެކު އޭނާ ގެއަށް ގޮސް ކުރިން ހެދި ޕްރޮގްރާމް އިތުރަށް ކޯޑްކޮށް ފުރިހަމަ ކުރިއެވެ. އަދި އިތުރު ހޯމްވޯކެއް ހަދާ ގެންގޮސް ޕްރޮފެސަރަށް ދިނެވެ. މިފަހަރު ޕްރޮފެސަރަށް ދޮންކަޅުވެސް ނޭނގުނެވެ. އޭނާ ކުރިން ހަދާ ހޯމްވޯކްތަކާ އެއްވެސް ތަފާތެއް ނެތީއެވެ.

ސައިންސްގެ ކަންކަމަށް އަބަދުވެސް ޝައުގު ހުންނަ ދެވާނަތް, އޭނާގެ ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް ހޭންޑްރައިޓިންގެ ގެ އާ ސްޓައިލްތައްވެސް ބޭނުން ކުރެވޭގޮތް ހަދާފައި ވާ އިރު, މިއީ އިންގިލާބީ ބަދަލެކެވެ.