ޔަމަނުގެ ސަރުކާރާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ހޫތީން, އިޒްރޭލަށް ދިން ޑްރޯން ހަމަލާގެ ބަދަލު ހިފަން ޔަމަނުގެ ބަނދަރެއް ކަމަށްވާ ހުދައިބިއްޔާ އަށް ހަމަލާ ދީ ހަލާކު ކޮށްލައިފިއެވެ.
މިހާދިސާގައި 3 މީހަކު މަރުވެ 78 މީހަކު ޒަހަމްވެފައި ވާ އިރު, ތެޔޮ ރައްކާ ކުރަން ބަނދަރުމަތީގައި ހުންނަ ތަނެއް ގޮވާ މުޅިތަނުގައި އަލިފާން ރޯވެފައި ވެއެވެ. އަދި މި ހަމަލާތަކުގައި ޔަމަނާ އިންވެގެން އޮންނަ ލުބުނާނުގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައި ވެއެވެ.
މިހަމަލާ އާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައި އޮންނަ ޔަމަނުގެ ސަރުކާރުން ވަނީ އިޒްރޭލާއި އީރާން ކުށްވެރި ކޮށް ޔަމަނުގައި އޮންނަ ވެރިކަމުގެ ބާރު ކަނޑުވާލައި އެމީހުން [އިޒްރޭލާއި އީރާން] ހިންގާ ބޭކާރު ހަނގުރާމައިގެ ބަޔަކަށް ނުހެދުމަށް އިންޒާރު ކޮށްފައެވެ. އަދި އީރާނުން މަދަދު ދޭ ހޫތީންނަށް ވެސް ޔަމަނުން ވަނީ އިންޒާރު ދީފައެވެ. އެގޮތުން ބުނެފައި ވަނީ, އިރާންގައި ތިބި ވެރިން ރުއްސަން ޔަމަން ހަލާކު ނުކުރުމަށެވެ.
ޔަމަނަކީ އީރާނާއި ސައުދީގެ ނުފޫޒު އޮންނަ ގޮތަށް ދެބަޔަކަށް ބެހިފައިވާ ރައްޔިތަކު ދިރިއުޅޭ ގައުމެކެވެ. ޔަމަނުގެ ދެކުނުގެ ސިޓީތަކުގެ ވެރިކަން ސައުދީން މަދަދުދޭ ސަރުރާކަށް އޮތް ނަމަވެސް ބައިބޯ އަދި ބޮދެތި ސިތީތަކުގެ ބާރު އޮތީ އިރާނުން މަދަދު ދޭ ހޫތީންނަށެވެ. އެގޮތުން ޔަމަނުގެ ވެރިރަށް ކަމަށް ވާ ސަންއާ ވެސް ކޮންޓްރޯލް ކުރަނީ ހޫތީންނެވެ.
ޔަމަނުން ސިއްރުން އިޒްރޭލަށް ފޮނުވާލި ޑްރޯން ހަމަލާގައި އެކަކު މަރުވެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. މި ހަމަލާ ދިން މަންޒަރު އެ ޑްރޯންގައި ހަރުކޮށްފައި ހުރި ކެމެރާއެއްގެ ޒަރީއާއިން ރެކޯޑްކޮށް ދުނިޔެއަށް ދައްކާފައިވާ އިރު މިއީ އިޒްރޭލަށް ދިމާވި ލަދުވެރި ކަމެކެވެ.
މި ހަމަލާއާ ގުޅިގެން އިޒްރޭލުން ބުނީ, ހަމަލާ ދިނީ އަސްކަރީ މަގާމުތަކަށް ކަމަށެވެ. ނަމަވެސް އާންމުވެފައި މަންޒަރުތަކުން ފެންނަ ގޮތުން, ތެޔޮ ތާނގީތަކާއި ކަރަންޓް ވިއުގައެއް ހަލާލކުވެފައި ވާ މަންޒަރުތައް ފެނެއެވެ.