އެމެރިކާގެ ޕެންސެލްވޭނިއާގެ ބަޓްލާގައި އޮތް ކެމްޕެއިން ރެލީއެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފައިވާއިރު، ޓްރަމްޕް ސަޕޯޓަރުންވެސް ޓްރަމްޕް އެކޭ އެއްފަދައިން ކަންފަތުގައި ބެންޑޭޖު އަޅައިފިއެވެ.
ޓްރަމްޕަށް ހަމަލާ ދީފައިވަނީ ސަޕޯޓާރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަން އޭނާ ސްޓޭޖް މަތީގައި ހުންނަވަނިކޮށެވެ. ޓްރަމްޕްގެ ސަޕޯޓަރުން ބުނީ އެމީހުންގެ ކަންފަތުގައި ވެސް އެފަދައިން ބެންޑޭޖު އެޅީ ޓްރަމްޕަށް އެމީހުންގެ ހިތްތަކުގައި އޮތް ލޯބި ހާމަކުރުމުގެ ގޮތުން 'ލޯބީގެ ނިޝާނެއް' ގޮތުގައި ކަމަށެވެ.
ޑޮނާލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ހަމަލާ އަކީ ސީދާ އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް އެފްބީއައި އިން ވަނީ ބުނެފައެވެ. ހަމަލާދިން މީހާގެ ޖެހި ވަޒަން ޓްރަމްޕަގެ ކަންފަތްޕުޅުގައި ކޭތިލާފައި ދިޔަ ކަމަށް ހަބަރުތަކުން ބުނާ އިރު, ޓްރަމްޕަ ވިދާޅުވީ, އޭނާ ހީފުޅު ކުރެއްވީ ކަންފަތްޕުޅު އިރައިގެން ދިޔަ ކަމަށެވެ.
މިހާދިސާގައި ހަމަލާ ދިން މީހާ, ޓްރަމްޕްގެ ބޮޑީގާޑުންގެ ތެރޭގައި ހިމެނޭ ސަނައިޕަރުން ހަމަލާ ދީ މަރާލާފައި ވާ އިރު, ޓްރަންޕަށް ވަރުފާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ އަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ޓްރަމްޕަށް ހަމަލާ ދިން މީހާ ދެނެގަނެ ހަމަލާ ދިން ސަބަބު ހޯދުމުގެ ވަރުގަދަ ތަހުގީގެއް މިހާރު ފަށާފއި ވާ އިރު ފުލުހުންނާ ހަވާލާދީ ސީއެންއެން ބުނެފައި ވަނީ ހަމަލާ ދިން މީހާ މަރާލެވިފައި ވީ ނަމަވެސް އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
މި ހަމަލާ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ ކުށްވެރި ކުރައްވާފައެވެ. އެމެރިކާގެ ރިޔާސީ އިންތިހާބަށް 4 މަހަށް ވެފައި ވާ އިރު ހިޔާލު ހޯދުމުގެ ވޯޓުން ދައްކަނީ ފަސޭހަކަމާއެކު ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ޓްރަމްޕާ ވާދަ ކުރައްވާ ބައިޑަން އާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ތަސައްވުރަކީ ހަނދާން ނެތުމުގެ ބަލިމަޑުކަމެއްގައި ބައިޑަން އުޅުއްވާތީ އެމެރިކާގެ ވެރިކަމަށް އޭނާ ފިޓް ނުވާކަމަށް ބުނެ އުފެދިފައިވާ ތަސައްވުރެކެވެ.