ހުޅުމާލެ އަދި ކ. ގިރިފުށީގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ހުޅުމާލޭގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ އަދި އަންނަ ބުދަ ދުވަހު ކަމަށެވެ. އަދި ގިރިފުށީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި މާދަމާ އަދި ބުދަ ދުވަހު ހެނދުނު 06:00 އިން އިރުއޮއްސި 6:00 އަށް ހުޅުމާލޭގެ އިރުމަތިން 11.25 ނޯޓިކަލް ބޭރުގައި (05 ނޯޓިކަލް މޭލު ސަރަހައްދެއްގައި) ކަނޑުމަތީގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭ އިރުމަތިން 11.25 ނޯޓިކަލް މޭލު ބޭރުން 4700 މީޓަރ ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް ބުނީ އިން ގިރިފުށީގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ރޭގަނޑު 11:59 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ވަޒަން ދަތުރުކުރާނީ ގިރިފުށި ހުޅަނގު ދެކުނަށް 5400 މީޓަރު ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.