ރާއްޖޭގެ ފިލްމީ ފަންނާނުންތަކާ އެކީ "ތަރިން ރޭ" ގެ ނަމުގައި ޝޯއެއް ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 26 އަދި 27 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވާއިރު ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި ނެށުންތެރިން ބައިވެރިވާނެއެވެ. ފަހުގެ ތާރީހެއްގައި ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު ބަތަލާ ނިއުމާ މުހައްމަދު އާއި ފައިސަލް ހޯސްޓްކޮށްދޭ މި ޝޯ އަކީ ނިމިދިޔަ އީދުގައި ރަށްރަށުގައި ޝޯތައް ދިނުމަށްފަހު މާލޭގެ ރައްޔިތުންނަށް ބާއްވާ ޝޯއެކެވެ. "ތަރިންގެ ރޭ" އަކީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އާއި ބައެއް ތަރިން ގުޅިގެން އިންތިޒާމުކުރާ އިވެންޓެކެވެ.

ތަރިންގެ ރޭ ޝޯގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު މި ޝޯގެ ޓިކެޓް ވިއްކަނީ 200ރ. އާއި 300ރ އަށެވެ. ޝޯގެ ޓިކެޓް ބުކްކުރުމަށް 7420021 މި ނަންބަރަށް ގުޅުމުން ޓިކެޓް ބުކްވެގެންދާނެއެވެ. މި ފަހަރުގެ ތަރިންގެ ރޭ ޝޯގައި ރާއްޖޭގެ މަޝްހޫރު މޫނުތައް ކަމަށްވާނީ އާޝާ، ވާޝިޔާ، އައްޒަ، ރިޝްމީ، މަރިޔަމް ނިޝާ، ޝީލާ، ނުޒުހަތު ފަދަ ތަރިން ފެނިގެންދާނެއެވެ.