ދިވެހި ކޮންމެ ދަރިއަކީ ދިވެހީންގެ ކުރިމަގަށް ކުރާ އުންމީދުގެ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވުމަށް ދެއްވި މެސެޖުގައެވެ.

އެގޮތުން ރައީސް ވަނީ މިއަދު ފާހަގަކުރަމުންދާ އާބާދީ ދުވަހާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ، މި ގައުމަށް އަގުހުރި ދަރިއެއް ކަމަށެވެ.

ދިވެހި ކޮންމެ ދަރިއަކީ ދިވެހީންގެ ކުރިމަގަށްކުރާ އުންމީދުގެ ބައިވެރިއެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން" އެވެ.