ށ.ވަނގާރުން މާލެ ދަތުރުކުރި 'ނަސްފަރު' ނަމަކަށް ކިޔާ ދޯނި ފަރަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ 75 ފޫޓުގެ ނަސްފަރު ދޯނި ފަރަށް އަރާފައިވަނީ 10 މީހުންނާއެކު ކަމަށެވެ.

ރޭ ދަންވަރު ނ.ލޯފަރު ފަރަށް އަރައި ދިޔަވާތީ، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ކަމާއި ގުޅޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.