ފަރުކޮޅުފުށީގައި މިރޭ 3 މިނެޓެއް ހަވާ އަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ ހަވާ އަރުވަން ހަމަޖެހިފައި ވަނީ 22:30 ހާއިރު ކަމަށެވެ. އަދި މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ކޮށްދޭ ކަމެއް ކަމަށް އެމްއެންޑީޢެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ ހަވާ އެރުވުން ކުރިއަށް ދާނީ 3 މިނެޓް ވަންދެން ކަމަށެވެ.

ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ހަވާ އެރުވުމުގެ އިވެންޓެއް ކުރިއަށް ގެންދަނީ ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ އިންނެވެ.

އެކިއެކި މުނާސަބަތުތަކާ ގުޅިގެން މީގެ ކުރިންވެސް ހަވާ އަރުވާފައި ވާ އިރު، ހަވާ ބަލާލަން ދިޔުމަކީ އާންމުންގެ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތުން ކުދިބޮޑު އެތައް ބަޔަކު ހަވާއަރުވާ މަންޒަރު ދެކިލައި ފޮޓޯ އާއި ވީޑިއޯ ކޮށް އަދި ސެލްފީ ނެގުމަށް ހަރަކާތްތެރިވެއެވެ.