ޕީއެންސީ ޖަގަހަ ހުޅުވުމަށް އާޓިފިޝަލް ސަރަހައްދާ އިންވެގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން އާރްޓީއެލް ބަހުގެ ބައެއް ދަތުރުތައް މެދުކަނޑާލައިފިއެވެ.
އެމްޓީސީސީ އިން ބުނީ ބޮޑުތަކުރުފާނު މަގުގެ ބައެއް މިއަދު ބަންދުކުރުމާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތުގެ ތެރެއިން ހުޅުމާލެ ފޭސް 1 ކާނިވަލް (އާރް-2) އަދި ހުޅުމާލެ ފޭސް 2 ކާނިވަލް (އާރް-8) ގެ ބަސް ރޫޓުތައް މިއަދު 19:00 އިން ފެށިގެން 23:00 އާއި ދެމެދަށް ހުއްޓާލެވޭނެ ކަމަށެވެ.
މީގެއިތުރުން މި ވަގުތުތަކުގައި އޯކިޑް ރޫޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަމީރު އަހުމަދު މަގާއި، ސޯސަން މަގު އަދި މަޖީދީ މަގުން ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ބުނީ މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅާ މައުލޫމާތު ސާފު ކުރުމަށެވެ.
އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމްރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ވީހާވެސް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.