ރޭގެ ވަގުތެއްގައި ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ ދިވެހިންނަށް އަނިޔާ ވެއްޖެއެެވެ.

ފުލުހުން ބުނީ، ރޭ އެ އެކްސިޑެންޓް ހިނގައިގެން މައުލޫމާތު ލިބުމާއެކު އެ ސީނަށް ފުލުހުން ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ވިއްމުލި ރިސޯޓްކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި، އެއް ލޯންޗުގައި ތިބި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެމީހުން ވަނީ ކުޑަހުވަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެެ.

އަނިޔަވެފައި ވަނީ ދިވެހި ފިރިހެނަކާއި އަންހެނަކަށް ކަމަށާއި އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ލޯންޗް އެކްސިޑެންޓްގެ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.