ޔޫކްރައިން އާ އެކު ސުލްހައިގެ ވާހަކަތަކަށް ތައްޔާރު ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނިކޮށް, ސުލްހައިގެ ވާހަކަތައް މާދަމާވެސް ފަށާނެ ކަމަށާއި ނަމަވެސް ހިފާފައިވާ ސަރަހައްދުތަކުން ރަޝިއާ ފައިބަން ޖެހޭނެ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ މި މޭރުމުން ވާހަކަ ދެއްކެވީ, ޔޫކްރައިން އަށް އަމާޒުކޮށް ދުނިޔޭގެ 90 ގައުމަކުން ބޭއްވި ޕީސް ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ, ސުލްހައަށް ޔޫކްރައިން ތައްޔާރު ކަމަށާއި ހިފާފައިވާ ސަރަހައްދުތަކުން ރަޝިއާ ފައިބާ ނަމަ މާދަމާވެސް ވާހަކަތައް ފަށާނެ ކަމަށެވެ.
މި މޭރުމުން އޭނާ ވާހަކަ ދައްކެވުމުގެ ކުރިން ރަޝިއާގެ ރައީސް ވަނީ, ޔޫކްރައިން އާ އެކު ސުލްހައިގެ ވާހަކަތައް ފަށަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ ޝަރުތަކީ ހަނގުރާމައިގެ ތެރޭގައި ރަޝިއާއިން ހިފި ޔޫކްރައިންގެ ސަރަހައްދުތައް ދޫކޮށް ޔޫކްރައިން ސިފައިން ފޭބުމެވެ.
ދެފަރާތުން ޝަތުރު ކުރާ ކަމަކީ ދެފަރާތުން ކުރެ ފަރާތަކުން އެއްބަސްވާ ކަމެއް ނޫނެވެ. އެހެން ކަމުން ސުލްހަ ވަނީ ދުރުގައި ކަމަށް މުރާސިލުން ބުނާ އިރު ޒެލެންސްކީ ވިދާޅުވީ, ޕުޓިން ސުލްހް ބޭނުންވެ ވަޑައިނުގަންނަވާ ކަމަށާއި އޮތީ ބާރުގެ ބޭނުން ކޮށްގެން ނުވަތަ ޑިޕޮލޮމެޓިކް ހަމައަކުން ޕުޓިން ހުއްޓުވުން ކަމަށެވެ.
ޔޫކްރައިން އިން އެދޭ މިންވަރާ ގާތަށް ވެސް ހުޅަނގުން އެހީ ނުލިބޭ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ, އެހެން ނަމަވެސް ސުލްހައިގެ އެ ސަމިޓުގައި ޔޫކްރައިންގެ ހާލަތު ގަބޫލު ކުރެވި ގައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމަކީވެސް ބާރެއް ކަމަށެވެ. މިއެއްބަސްވުމުގައި އިންޑިއާ, ސައުދީއަރަބިއްޔާ, ދެކުނު އެފްރިކާ ސޮއިއެއް ނުކުރެއެވެ. މި ސަމިޓަށް ރަޝިއާ އަށް ދައުވަތު ދީފައި ނުވާ އިރު ސައުވަތު ދިން ޗައިނާ އިން މި ސަމިޓަކަށް ނުދެއެވެ.
އެހެން ކަމުން މި ސަމިޓުން ނަތީޖާއެއް ހާސިލުވެދާނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދިއެވެ.
ސްވިޓްޒަލޭންޑްގެ ރިސޯޓެއްގައި ބޭއްވި މިސަމިޓުގައި އެކުލަވާލި އެއްބަސްވުމުގައި ގޮވާލި މުހިންމު އެއް ކަމަކީ, ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމާއި ރަޝިއާގެ އަތްދަށުގައި ތިބި ޔޫކްރައިންގެ ކުޑަކުދިން އެގައުމާ ހަވާލު ކުރުމެވެ. އަދި އެންމެ މުހިންމު ވާ އެއް މައްސަލަ ކަމަށް ވާ ރަޝިއާއިން ހިފި ބިންތައް ނުވަތަ ސަރަހައްދުތައް އަނބުރާ ޔޫކްރައިން އަށް ދޭން ގޮވާލައި މި އެއްބަސްވުމުގައި ހިމަނާފައެއް ނުވެއެވެ.
ރަޝިޔާ އިން ޔުކްރެއިން އާއި ދެކޮޅަށް ޙަމަލަދޭން ޖެހުނީ ޔުކްރެއިން އެމެރިކާ އާއި ޔޫރަޕް އާއި ގުޅިގެން ރަޝިޔާ އަށް ނޭޓޯ ފާކޮށް، ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކައު ވުމުން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.