ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަވަހާރަ ވެއްޖެއެވެ.

ސާޖިދާގެ ދޮންބައްޕާފުޅު، އަލީ އިބްރާހީމް އުމުރުން 78 އަހަރުގައި އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.

'ކަށުނަމާދު އެމްވީ' ގައިވާ ގޮތުން، މޫނުދެއްކުމާއި އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގައި، މިއަދުގެ މެންދުރު ނަމާދަށް ފަހުއެވެ. އަދި އޭގެ ފަހުން މައްޗަންގޯޅި ސަހަރާގައި ވަޅުލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަައި ރައީސް ވަނީ، ވީހާވެސް ގިނަ ބަޔަކު ކަށުނަމާދުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.