ސައުދީ އަށް ހައްޖު މަހުގެ ހަނދު ފެނިފައިވުމުން، މާދަމާ އަކީ ރާއްޖެ އަށް ވެސް ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

މީޑިއާތަކަށް ހިއްސާކުރެއްވި މައުލޫމާތުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސައޫދީ އަށް ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ހަނދު ފެނިފައިވުމުން، މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށާއި، އަންނަ ހަފްތާގެ ހޮނިހިރު ދުވަހަކީ ޢަރަފާތު ދުވަސް ކަމަށާއި، 16 ވަނަ ދުވަހަކީ ބޮޑު އީދު ކަމަށެވެ.

މި ގޮތަށް ކަނޑައަޅާފައި ވަނީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ރިއާޔަތްކޮށް ކަމަށް، އޭނާ ވިދާޅުވިއެވެ.

'އެކްސް'ގައި ހަރަމައިން އިން މިރޭ ކުރި ޕޯސްޓެއްގައިވާ ގޮތުން، ސައޫދީ އަށް ވަނީ ހައްޖު މަހުގެ ހަނދު ފެނިފައެވެ.

އެހެންކަމުން:

- މާދަމާ އަކީ ސައޫދީ އަށް ހައްޖު މަހުގެ ފުރަތަމަ ދުވަސް،

- އަންނަ ހަފުތާގެ ހޮނިހިރު ދުވަހަކީ ޢަރަފާތު ދުވަސް،

- 16 ވަނަ ދުވަހަކީ ބޮޑު އީދު ދުވަސް

މިއީ މި ފަހުން މިގޮތަށް ހައްޖު ދުވަސް ބަދަލުވި ފުރަތަމަ ފަހަރެވެ.