ނ. ކަނޑިތީމު 'އުޅިއަށި' ނަމަކަށް ކިޔާ ބޯޓެއް ށ. ބިލެތްފަހި ފަޅަށް ވަދެގެން ދަނިނިކޮށް ނެރުގެ ހުޅނގު ފަރާތު ހިލަޔަކުގައި ޖެހި ފަޅައިގެން ގޮސް، ބޯޓަށް ގެއްލުންވެ ދިޔަވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މާލެއިން މުދާ ހިފައިގެން ށ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ށ. ބިލެތްފަހި ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގު ފަރާތު ހިލަތުގައި ޖެހި ބޯޓު ފަޅައިގެން ދިޔަ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީގައި ތިބި ސިފައިން ދަތުރުފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ބިލަފަހި ކައުންސިލުން ބުނީ ށ. ކަނޑިތީމް އުޅިއަށި ބޯޓު ރަށުގެ ނެރުގެ އެއްފަރާތުގައި ޖެހި ފަޅައިގެން ދިޔުމުން ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓަށް ދިޔަވާއިރު އެ ބޯޓުގައި ގިނަ އަދަދެއްގެ މުދާ ހުރި ކަމަށެވެ. އަދި އެ ރަށުގެ ކުދިބޮޑު ރައްޔިތުންގެ އެހީތެރިކާމައެކު މިހާރު ބޯޓުން މުދާ ހުސްކުމުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.