ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި މިހާތަނަށް 175 ޑްރައިވަރަކު ރަޖިސްޓްރީވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އަމީން ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ދަފްތަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފްތާގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަންތައް އެ މުއްދަތުގެ ތެރޭގައި އިއުލާންކޮށްފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ އެ ޑްރައިވަރުންނަށްވެސް ލިބެން ޖެހޭ ކޮންމެވެސް ކަހަލަ ރަނގަޅު ތަކެއް ހުންނަނަ ޖެހޭނެ ކަމަށާއި އެހެންކަމުން ބެލީ ޓެކްސީ ޑްރައިވަރުންނަކީ ވަކި ހާއްސަ ކޮށް ލިބޭ އާމްދަނީ ކަނޑައެޅިފައިވާ ބަޔަކަށް ނުވާތީ އެ މީހުންނަށްވެސް ދައުލަތުގައި ލިބެން ޖެހޭ ލޯން ސްކީމާއި ބައެއް ކަންތައްތަކުގައި ހިމެނުމަށް ކަމަށެވެ.
އަމީން ވިދާޅުވީ ޓެކްސީ ޑްރައިވަރުން އޮންނަނީ ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި އެހެންކަމުން އެ ދަފްތަރުން ގާއިމުކުރީ ބޭންކާއި ވާހަކަދައްކައިގެން ދެތިން ކަމެއް ރަނގަޅު ކުރުމަށްޓަކައި ކަމަށެވެ.
އެއިން އެއް ކަމަކީ ޓެކްސީ ޑްރައިވަރުން ޕޭމަންޓް ގޭޓްވޭގެ މެޝިންތަކަށް ކުރިން ދެ ރުފިޔާ ކޮންމެ ޕޭމަންޓަކުން ޗާޖު ކުރާ ގޮތަށް އޮތުން ކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ އެ ޑްރައިވަރުން އެހާ ބުރަ މަސައްކަތެއް ކުރާއިރު ލިބޭ އެހެންވާން ނޭނދޭ ކަމަށެވެ. އަދި އެ ދެ ރުފިޔާ ނުނަގާ ގޮތަށް ސަރުކާރުން ބޭންކާ ވާހަކަ ދައްކައިގެން މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ އެ ހުރިހާ ޓްރާންސެކްޝަންސް ތަކަކީ މުސާރައިގެ ގޮތުގައި ބެލެވިގެން އަދި އެ ޑްރައިވަރުންނަށް ކަނޑައަޅާފައި ހުންނަ ހުރިހާ ލޯންތަކަށްވެސް ދެވޭ ގޮތަށް މަގުފަހިކޮށްދިނުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.