ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވަނީ މިއަދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރެއްވި މެންބަރުންނަށް މުބާރިކްބާދީއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސް ސޯލިހް ވިިދާޅުވީ ރައްޔިތުން ހަވާލުކުރެއްވި މުހިއްމު ވާޖިބު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ގާނޫނު އަސާސީއާއި ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިއްބަވައި ގައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު މަގާމުގެ ހުވާ ކުރައްވާފައި ވާއިރު މަޖިލީހުގެ ރައީސްގެ މަގާމަށް 71 މެންބަރުންގެ ވޯޓާއެކު ހޮވިވަޑައިގެންފައި ވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އެ މަގާމަށް އަދުރޭގެ އިތުރުން ހިތަދޫ ދެކުނު ދާއިރާ އިބްރާހިމް ނާޒިލްގެ ވާދަކުރެއްވި ނަމަވެސް ނާޒިލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ބާތިލް 7 ވޯޓު ހިމެނޭއިރު ސައްހަ ވޯޓުގެ އަދަދަކީ 85 އެކެވެ. މި ވޯޓުގައި ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވިޑައިގެންފައި ވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ. 80 ވޯޓުން ނާޒިމް އެ މަގާމު ހޯއްދެވިއިރު މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ. މި ވޯޓުގައި ވެސް ރިޔާސަތުގައި އިންނެވި ސިޔާމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މީނަގެ ރައީސް ކަމުގަ ސާފު އައުލަބިއްޔަތު މީނަގެ ޕާޓީއައް އޮތްއިރު މެންބަރުންގެ ވާޖިބު ފުރިހަމަޔައް އަދާކޮއް ޑިމޮކްރެސީގެ އުސޫލުތަކުގަ ދެމިތިބުމައް ގޮވާނުލެވުނީ ކީއްވެބާ އޭރު މެންބަރުން ބޭނުންގޮތަކައް އުޅެން ދީކޮއްފަ އޮތީކީއްވެ ހޮންނަވަރު އިބޫ މަރުމޯލާ