ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައ ވައިގަދަވާނެކަމަށް ލަފާކޮށް އައްޑޫ ސިޓީ އިން ފެށިގެން ފުވައްމުލައް ސިޓީ އަށް އޮރެންޖް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މިއަދު 15:00 އިން 19:00 އަށް ގަޑިއަކު 34 މޭލާއި 40 މޭލާޢީ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެެ.
މީގެއިތުރުން ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު 10:00 އިން 14:00 އަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ނެރެފައިވާ ރީދޫ އެލާޓްގެ ވަގުތުވަނީ އިތުރުކޮށްފައެވެ. މި ގޮތުން ބޯކޮށް ވާރޭވެހި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިިގަދަވާނެކަމަށް ލަފާކޮށް މިއަދު 13:30 އިން ފެށިގެން 17:30 އަށް އެލާޓްގެ ވަގުތުވަނީ އިތުރުކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
- އޮރެންޖް އެލާޓަކީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވި އަދި ވިލާގަނޑުގައި 63 މާލެށް ވައިގަދަވާނެކަމަށް ލަފާކޮށް ނެރޭ އެލާޓެވެ.