ހުޅުމާލޭގައި ހިންގަމުންދާ ހޮޓަލެއްގައި މާރާމާރީ ހިންގި ދިވެއްސަކު ހައްޔަރުކޮށް ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 12:26 ގައި ކަމަށެވެ. މާރާމާރީ ހިންގާފައި ވަނީ ހުޅުމާލެ ހޮޓަލެއްގައި ދިވެއްސަކާ ބިދޭސީއަކާ ދެމެދުގައި ކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެން މީހާ ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 33 ދިވެހި ފިރިހެން މީހާ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށް ވެސް ބުނެއެވެ.