ކުރިމަތިވަމުން އަންނަ އަޟްހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަ ކޮށް ފާހަގަކުރަން ނިންމާފައިވާއިރު ރާއްޖޭގެ އެންމެ މަގްބޫލް ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއިލް އޭނާގެ ޓީމާއެކު ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ޖާދު އާ އޭނާގެ ޓީމު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދާން ނިންމާފައިވާއިރު އެ ޓީމުން އެދެނީ އެ ޓީމު ގެންދަށް ބޭނުންވާ ފަރާތްތަކުން 7734533 މި ނަންބަރަށް ގުޅުމެވެ. ޖާދުގެ ޓީމުގައި މިފަހަރު ހިމެނޭ ތަރިންނަކީ މަރިޔަމް އައްޒަ، ސޭންޑީ، ނަތާޝާ ޖަލީލު، ރަޝްފާ (އާޝާ)، އާނަންދު އަދި ސަމާއެވެ. މި ޓީމުގެ ޝޯތަކާ އެކު އީދު ވަރަށް ފޯރިގަދަވާނެ އެވެ. ޖާދު އަކީ އީދާ ދިމާކޮށް އެންމެ ތައްޔާރުވާ އެއް ފަންނާނުވެސްމެއެވެ. ބޮޑު އީދާއެކު ޖާދުގެ ޓީމު މިފަހަރުވެސް އޮތީ ހޭވައްލާ ތައްޔާރަށެވެ.

އެހެން އަހަރުތަކެކޭ ހިލާފަށް މިއަހަރު ބޮޑު އީދު ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް މަޑުއްވަރީގައި ވެސް މިފަހަރު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އަޟްހާ އީދަކީ އަބަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަދަގަދަކޮށް ފާހަގަކުރާ އީދެކެވެ. އީދު ފޯރިގަދަކުރުމަށް ފަންނާނުން ތިބީ ތައްޔާރަށެވެ. ދެން އޮތީ އާންމު ރައްޔިތުންގެ ހިތްވަރެވެ.