ކަލާފާނު ސުކޫލުގެ ދަރިވަރުންނަށް ވަން މީލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މި އިއުލާނުގައި ވަނީ ވަން މީލް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ވަނީ އެދިފައެވެ. އަދި ބީލަން ހުށަހެޅޭނީ 5 މެއި އިން 9 މެއި އާ ދޭތެރޭ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ވަން މީލްގެ ދަށުން ތައްޔާރު ކުރަން ޖެހޭ ތަކެތި:

  • އާދިއްތަ - ޗީޒް ސޭންޑްވިޗް އަދި ޖޫސް ޕެކެޓެއް
  • ހޯމަ - ޓޫނާ ސޭންޑްވިޗް އަދި ކުޑަ މިލްކް ޕެކެޓެއް
  • އަންގާރަ - ރޮށި މަސްހުނި އަދި ކުޑަ ޖޫސް ޕެކެޓެއް
  • ބުދަ - ފިޝް ބަން އަދި ކުޑަ މިލްކް ޕެކެޓެއް
  • ބުރާސްފަތި - އެގް ސޭންޑްވިޗް އަދި ކުޑަ ޖޫސް ޕެކެޓެއް

ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އަށް 95 ޕެކް ސާފުތާހިރުކަމާއެކު ތައްޔާރުކޮށް ގެނެސްދިނުމަށް އަންގާފައިވާއިރު ކޮންމެ ޕެކެއް ވަކި ވަކިން ޕެކް ކޮށްފައި ގެންދިއުމަށްވެސް ވަނީ އަންގާފައެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިކަމާ ގުޅޭ ގޮތުން ސުވާލެއް އުފެދިއްޖެނަމަ 12 މެއި ގެ 14:00 ގެ ކުރިން ކަލާފާނުގެ ސުކޫލުގެ އީމެއިލް އަށް ލިޔުމަކުން ނުވަތަ 3328991 އަށް ގުޅުއްވުމަށެވެ. މި ބީލަމުގެ ބިޑް ހުށަހެޅުން ކުރިއަށް ދާނީ 19 މެއި ގެ 11:00 ގައި ކަލާފާނު ސުކޫލުގައެވެ.