6 ހަފްތާގެ މުއްދަތަށް އިންޑިއާގައި ކުރިއަށް ދާ އާންމު އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނާއި އިދިކޮޅު ކޯލިޝަނާ ދެމެދު ވާދަވެރިކަން ބޮޑުވަމުން އަންނަ އިރު، ވެރިކަން ކުރާ ކޯމިޝަނުން ހަތިޔާރެއްގެ ގޮތުގައި މުސްލިމުންނާ ދިމާކުރަން ފަށައިފިއެވެ.

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަމިއްލަ ރަށް ކަމަށް ވާ ގުޖުތާރުގައި އޮތް ކެމްޕެއިން އިވެންޓެއްގައި މޯދީ ވިދާޅުވީ އޭނާ އާ އިދިކޮޅު ފަރާތްތަކުން އާ ވާހަކައެއް ދައްކާ ކަމަށާއި އެއީ "ވޯޓު ޖިހާދު" ވާހަކަ ކަމަށެވެ.

އެވާހަކަ އާ އެކު އޭނާ އިޝާރާތް ކުރައްވާފައި ވަނީ، އިދިކޮޅު ފަރާތްތަކުން މުސްލިމުންނާ ގުޅި ހިންދޫންގެ މައްޗަށް ބާރު ހޯދާ އިންޑިއާ އަތުލަށް އުޅޭ ކަމަށެވެ.

"މިހާރު އިދިކޮޅުން ކިޔަނީ 'ވޯޓު ޖިހާދު' ގެ ވާހަކަ، މިއީ އާ ވާހަކައެއް، މީގެ ކުރިން އިވެނީ 'ލަވް ޖިހާދު' އަކާއި 'ލޭންޑް ޖިހާދު' އެއްގެ ވާހަކަ"

އޭނާ މިވާހަކަ ވިދާޅުވީ، އިންޑިއާގެ ރައްޔިތުން [ހިންދޫން] ބިރުގަންނަން ޖެހޭ ސަބަބުތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މުރާސިލުން ބުނަނީ މޯދީގެ މިވާހަކަތަކުގެ ސަބަބުން ހިންދޫންގެ ފަރާތުން މުސްލިމުންނަށް އިތުރު ނުރައްކާތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަހަންނަށް ހީވަނީ ކަލޭމެން އެންމެނަށް ވެސް އެނގޭނެހެން 'ޖިހާދި' އަކީ ކޯއްޗެއް ކަމާއި އެއީ ކޮން ބަޔަކާ ދެކޮޅަށް ކަން"

މި މޭރުމުން މޯދީ ވާހަކަ ދެއްކެވުމާ ގުޅިގެން، އޭނާ އަށް ތާއީދު ކުރާ އިންޑިއާގެ މުސްލިމް ބައެއް ލީޑަރުންނާއި ބައެއް މުސްލިމުންގެ ހިތްތަކުގައި މިހާރު ނުތަނަވަސްކަން އުފެދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މޯދީ ވެރިކަމަށް ވަޑައިގެންފަހުން އިންޑިއާގެ އެކިއެކި ކަންކޮޅުތަކުގައި މުސްލިމުންނާ މެދު ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވެގެން ގޮސްދާނެތީއެވެ.

އިންޑިއާގައި 200 މިލިއަން މުސްލިމުން އުޅޭ އިރު އެއީ ހިންދޫންނާ އަޅާ ބަލާނަމަ ވަރަށް ކުޑަ ޕަސެންޓެކެވެ. މި އިންތިހާބުގައި 969 މިލިއަން މީހުންނަށް ވޯޓުލެވޭ އިރު މުސްލިމުންގެ ވޯޓަކީ މޯދީއަށް މުހިންމު ވޯޓަކަށް ނުވި ނަމަވެސް އިދިކޮޅު ކޮންގްރެސް ޕާޓީ ހިމެނޭ "އިންޑިއާ" އެލަޔަންސަށް މުހިންމު ވޯޓެކެވެ.