އއ. އަތޮޅުގައި އޮންނަ މާފަޅުން ބައެއް، އެ އަތޮޅުގެ ރަސްދު އާއި ތޮއްޑު އަށް ދީފިއެވެ.

އއ. މާފަޅުން ބައެއް ރަސްދު އަށާއި ތޮއްޑު އަށް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރު މިހާރު ވަނީ ގެޒެޓު ވެސް ކޮށްފައެވެ.

މާފަޅު ފަޅާއި ތޮއްޑު އާ ދެމެދު 11.4 ކިލޯމީޓަރުގެ ދުރުމިނެއް އޮވެއެވެ. އަދި ރަސްދު އާ ގާތްގަނޑަކަށް ހަ ކިލޯމީޓަރުގެ ދުރުމިނެއް އޮވެއެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން ރަސްދު އަށް ވެސް ތޮއްޑު އަށް ވެސް ދީފައިވަނީ މާފަޅުން 200 ހެކްޓަރުގެ ސަރަހައްދެކެވެ.

މީގެ އިތުރުން ވެސް މިދިޔަ ހަފުތާގެ ތެރޭގައި އިތުރު ހަ ރަށެއްގެ އިހްތިސޯސް ބޮޑުކުރުމަށް ރައީސް ގަރާރެއް ނެރުއްވިއެވެ. އެއީ:

  • 15 އޭޕްރިލް: އއ. ބޮޑުފޮޅަދު އަށް އަށް ވެލިދޫދިއްގާފަޅު
  • 15 އޭޕްރިލް: ނ. މާފަރަށް ކަނޑިންމާހުރާ
  • 16 އޭޕްރިލް: އދ. މަހިބަދު އަށް މާފަރުފަޅު
  • 17 އޭޕްރިލް: އއ. އުކުޅަހަށް ގަލައިލި ފަޅު
  • 17 އޭޕްރިލް: ހއ. ތުރާކުނަށް ވަގާރު
  • 18 އޭޕްރިލް: މ. މުއްޔަށް ބޯހުރާ