ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ނައިބު ރައީސެއްގެ ގޮތުގައި އަމިއްލަ ރަށް ކަމަށްވާ ގދ. ފަރެސްމާތޮޑާއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއީ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން ސެމްބެގެ އަމިއްލަ ރަށަށް ވަޑައިގަންނެވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެެވެ. ސެންބެ ފަރެސްމާތޮޑާއަށް ވަޑައިގެންފައި މިވަނީ އެ ދާއިރާއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މީޑިއާ އޮފިޝަލް ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެދާއިރާއަށް ކުރިމަތިލައި ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން މިއަދު ހަވީރު އެ ރަށު ގޭގެއަށް ސެމްބެ ޒިޔާރަތް ކުރައްވާފައި ކަމަށެވެ.

ނައިބު ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި

ކެމްޕެއިންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާރޭގެ ވަގުތެއްގެއެވެ.

ސެމްބެ އަކީ މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މެންބަރެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ މަގާމުގެ ހުވާ ކުރެއްވި ނަމަވެސް އެ ދާއިރާއަށް އިތުރު މެންބަރަކު އިންތިހާބު ކޮށްފައި ނުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާ ތަމްސީލް ކުރުމަށް މިފަހަރު ކުރިމަތި ލަނީ އަޝްރަފް ރަޝީދެވެ.