ސަރުކާރުން މަޖިލިސް އިންތިހާބަށް ނުފޫޒުފޯރުވުމަށް ފާޅުގައި ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.
އެކަން ތުހުމަތުކޮށް އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީ އިން ދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރު މުވައްޒަފުން ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ކަމަށެވެ.
އަދި ސަރުކާރު ކުންފުނިތަކަށާއި އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ސަރުކާރުން ގޮވާލަމުންދާ ކަމަށް ނިމިދިޔަ ފަސް އަހަރު ވެރިކަން ކުރި އެމްޑީޕީގެ ބަޔާނުގައި ވެއެވެ. އަދި އެފަދަ އަމަލުތައް އެޕާޓީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެހެންކަމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ދިނުމަށް އިލެކްޝަން ކޮމިޝަނަށްވެސް ގޮވާލާފައި ވެއެވެ.
"މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންް ވަޒީފާތަކަށް ނަގަމުންނެވެ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން ސަރުކާރު ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔާދީފައެވެ" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އަދި ހަަމައެހެންމެ ކެމްޕެއިންގައި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ފާޅުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް އެމްޑީޕިން ބުނީ އެކަން އެގޮތަށް ކުރަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގުތަކާއި އޮޅުވާޅުންތައް ފަޅާ އަރަމުންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެކަން އެނގޭތީ ބިރު ދެއްކުމަށް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އަދި ސަރުކާރުން ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ އަމަލުތައް ކުށްވެރިކޮށް އެމްޑީޕީން ވަނީ އިލެކްޝަން ކޮމިޝަނުންވެސް އެކަން ވީ އެންމެ އަވަހަކަށް ބަލާ ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މިރާއްޖޭގައި އެމްޑީޕީން ހިންގާ ޖަރީމާ އެއީ ބަލަން ނުޖެހޭ އެއްޗެއްކަމަށް މިހާރުމިވަނީ ދީނައްފުރައްސާރަކުރުމާ ލިވާދުވުމާ ފަޅުގައި ރާ ބު އިމާ ގައުމުލޫޓުވުމާ އިންޑިޔާޔައް މިގައުމު ވިއްކާލުމާ ފުރަތަމަ މިކަން ތައް ބަލަން އުޅެބަލަ ވޯޓޭ ވޯޓޭ ކިޔަނީ ވަގުންނައް ދޭވޯޓެއް ނުހުރޭ
ނިމިދިޔަ އިންތިޚާބާއި ދިމާކޮށް ވަޒީފާގެބިރު ދެއްކިއިރު އެކަންބެލުމަށް ގޮވާނުލެއްވީ ކީއްވެތޯ