ގާޒާއަށް އަރާ ޔަހޫދީން ހިނގަމުން ގެންދާ ވަރުގަދަ އޮޕަރޭޝަންގައި އެންމެން ފަހާ ވަޒަނުން ބޭރުކޮށް އެތައް މަހެއް ވީ ފަހުން އެތަންތަންނުން ފައިބައިފިއެވެ.

އެގޮތުން ގާޒާގެ ދެކުނުގެ ހާން ޔޫނިސްގައި ތިބި ޔަހޫދީ ސިފައިން އެތަނުން ވަނީ ފައިބާފައެވެ. ނަމަވެސް ގާޒާގެ ދެކުނުގައި އަދިވެސް 1 ބްރިގޭޑް ގާއިމުވެ އެބަތިއްބެއެވެ.

ބާކީތިބި މީހުން ބޭލީ ކުރިއަށް އޮތް އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ވަނީ ބުނެފައެވެ.

ހާން ޔޫނިސްގައި ތިބި ޔަހޫދީން ފޭބުމުން ގާޒާގެ އާންމުންނާއި ބައެއް ބައެއް ނޫސްވެރިން ވަނީ އެސަރަހައްދުތަކަށް ގޮސްފައެވެ. ނޫސްވެރިން ވަނީ، ހާން ޔޫނިސްގައި ބަނޑަހަ ޖަހައިގެން ޔަހޫދީ ސިފައިން ތިބި ތަންތަނުގެ ވީޑިއޯ ާިއ ފޮޓޯވެސް ދައްކާފައެވެ. އެހުރިހާ ތަނެއްގެ މަގުތައް ހަލާކު ކޮށް ފަސްބާޑިލައިފައި ވާ އިރު ހުރިހާ އިމާރާތްތަކެއްގައި ހުރީ އިޒްރޭލު ބަހުރުވައިން ސްޕްރޭކޮށްފައެވެ. ކޮޅަސް އިމާރާތެއް ހުރި ނަމަވެސް އެއިން އެއްވެސް އިމާރާތެއްގަި ދޮރެއް ދޮރުފަތެއް އަދި ގިނަ ތަންތާނގައި ފާރުތަކެއް ވެސް ނެތެވެ.

މުޅިތަން ތަޅާ ސުންނާފަތި ކޮށްފައި ވާ އިރު އެ ސަރަހައްދަށް ދިޔަ އާންމުން، އެމީހުންގެ ގާތް ތިމާގެ މީހުން ފެނޭތޯ، ހިލަމެއްވޭތޯ އޭތި މީތި ހިއްލާ ބަލަމުން ދިޔައެވެ. އަމިއްލަ ވަޒަން ނަމަވެސް އަދި މީގެ 6 އެއްކަ މަސް ކުރިން ދިރިއުޅު ގެ ނަމަވެސް މިހާރު ވަކިކުރާކަށް ފެންނާކަށް ވެސް ނެތެވެ. ހަމަލާދީ ގޮއްވާލައި ގިނަ އިމާރާތްތައް ހުރީ ފުނިފުންޏަށް ގާކުނޑިގެ ގޮތުގައި އެކުވެފައެވެ.

އިޒްރޭލުން ބުނަނީ ގާޒާގެ ދެކުނުން ދިފައިން ބޭލީ ކުރިއަށް ރޭވިފައި އޮތް ރަފާ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލުން ރަފާ އަށް އަރަން އުޅޭ ކަމުގެ ސާފު މައުލޫމާތެއް ނެތް ކަމަށެވެ.

އިޒްރޭލުން ހާން ޔޫނިސް ދޫކޮށް ފޭބި އިރު އެ ސަރަހައްދަކީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ވަރުގަދަ އަށް ހަމަލާ ބަދަލުކުރި ސަރަހައްދެކެވެ. ގާޒާގެ ތެރޭގައި މަރުވި އިޒްރޭލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ސަރަހައްދަކީވެސް ހާން ޔޫނިސް އެވެ.

ގާޒާގެ ދެކުނުން އިޒްރޭލުގެ 1 ބްރިގޭޑް ފިޔަފައި ހުރިހާ ބްރިގޭޑެއް ބޭލި މި ދަނޑިވަޅުގައި ސުލްހައިގެ މަގަށް ކުރިއަށް ދާ ވާހަކަތައް މިސްރުގައި ހިނގަމުން އެބަދެއެވެ. އެ މަޝްވަރާ ތަކުގައި އިޒްރޭލުން ހުށަހަޅަނީ ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުމަށެވެ. ހަމާސްގެ ހުށަހެޅުމަކީ އިޒްރޭލު ސިފައިން ގާޒާ ދޫކޮށް ފޭބުމެވެ.