އެއާ އެމްބިއުލެންސް ބޭނުންކޮށްގެން 60އަށް ވުރެ ގިނަ މެޑިކަލް ދަތުރު އެއްމަސް ދުވަސް ތެރޭ ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ އެއާ އެމްބިއުލެންސްގެ ހިދުމަތް ތައާރަފުކޮށް ފުރަތަމަ އެއްމަސް ދުވަސް ތެރޭ ޖުމުލަ 66 އިވަކުއޭޝަން ހަދާފައިވާކަމަށާއި މިއީ ހާލު ދެރަ ބަލިމީހުން އަވަސް ފަރުވާއަށް މާލެއާއި ހަމައަށް ގެނައުމަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މާޗު މަހުގެ 1 ވަނަ ދުވަހުއެވެ. މި ހިދުމަތުމައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެއް އެކަނި ނަމަވެސް މާޗު 15 އިން ފެށިގެން މި ހިދުމަތުގައި ޑީއެވްސީ-6 ޓްވިން އޮޓާގެ ސީ ޕްލޭނެއްވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.

މޯލްޑިވިއަނުން ވަނީ ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދިނުން ފެށުން ވެގެންދާނީ ސިއްހީ ގޮތުން ލިބޭ ބޮޑު ކުރިއެރުމަކަށް ކަމަށާއި، މި ސީޕްލޭންތަކުގައި ޒަމާނީ އެމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައި ހުންނާނެ ކަމަށް ބުނެފައެވެ. އަދި މި ޕްލޭންތަކުގައި ޒަމާނީ އެމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައި ހުންނާނެ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެނީ އައިލެންޑް އައިލެންޑް އޭވިއޭޝަން ކުންފުންޏާ ގުޅިގެންނެވެ. ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އެމަޖެންސީ ހާލަތުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް އެއާ އެމްބިއުލާންސްއިން ލިބެން ހުންނާނެ ކަމަށާއި، މިކަމަށް ހާއްސަކޮށް 5 ނަރުހުންނާއި 5 ޑޮކްޓަރުންނާއި އަދި 5 ޓެކްނީޝަނުން ތަމްރީނުކޮށްފައިވާ ކަމަށެވެ.