އިޒްރޭލުން ސީރިޔާގައި ހުންނަ އީރާނު ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ ޑިޕްލޮމެޓިކް ފެސިލިޓީތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއްކަމަށެވެ.
އެފަދަ ހަމަލާތައް ދިނުމުގެ ސަބަބުން ޑިޕްލޮމެޓިކް އިމިއުނިޓީގެ އުސޫލުތައް ދެމެހެއްޓުމުގެ އިތުރުން ސުލްހަވެރިކަމާއިއެކު މައްސަލަ ހައްލުކުރަން ބުރޫއަރާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް ތަންތަން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުގެ މެންބަރުންނަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުވާފައެވެ.
ސީރިއާގައި ހަރަކާތްތެރިވާ ހިޒުބުއްލޯ ގެ މަގާމުތަކަށް ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާ ތަކުގައި ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އޮފީހަށް ހަމަލާދީ އޮފީސް ގޮއްވާލާފައި ވަނީ އިއްޔެގެ ވަގުތެއްގައެެވެ. އެ ހަމަލާގައި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރެޒާ ޒެހްދީ ވަނީ އަވަހާރަވެފައެވެ.
ދިވެހިންނަށް ވަރައްސާފު އީރާނޔިން ފާރިސީ ކުފުރުދައުލަތެއްކަން އިރާނިޔަނުން ނަކި އަލީގެފާނައް އަޅުކަންކުރާ ޝިަރުކުގަ ދެމިތިބޭ ކުފުރުދައުލަތެއް އެހެންވީމަ އަހަންނަކިއްނޭގުނު ކީއްވެކަމެއް ސީރިޔާ ޔަމަން ފަދަ ސުއްނީ އިސްލާމް ދައުލަތްތައް ފުޑާލަމުންދާ ބަޔަކައް ބަޔަކުމީހުން އެފަދަ ސިރުކުނުކޮއް އުޅޭބަޔަކަށް ބަޔަކުމީހުން ހަމަލާއެއް ދިނުން އުޑުބޮލައްވެއްޓޭވަރުވެގެން ހަތަރެސްފައިން ހޯހޯގޮވަންފެށީ