ސިންގަޕޫރުގައި ހުންނަ އިޒްރޭލް އެމްބަސީން ފޭސްބްކްގައި ކުރި ޕޯސްޓެއްގައި, "ޤުރުއާނުގައި އިޒްރޭލުގެ ނަން 43 ފަހަރު އޮތް އިރު ފަލަސްތީނުގެ ނަން އެންމެ ފަހަރަކުވެސް ނެތް ކަމަށާއި ތާރީހީ ހުރިހާ ހެއްކަކާއި ލިޔެކިޔުންތަކާއި ޗާޓުތަކާއި ލާރި އާއި އަދި މިބަކީ އިޒްރޭލުގެ ތަނެއް" ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ސިންގަޕޫރު ސަރުކާރުގެ ލޯ އެންޑް ހޯމް އެފެއާޒް މިނިސްޓަރު ކޭ ޝަމްމުގަމް ވަނީ އެ ޕޯސްޓް ވަގުތުން ޑިލީޓް ކުރުމަށް އިޒްރޭލަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އެޒާތުގެ ޕޯސްޓްތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ޕޯސްޓްތަކެއް ނޫން ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ސިންގަޕޫރު ހޯމް މިނިސްޓަރު (ކ) އަދި އިޒްރޭލު އެމްބަސީން ކުރި ޕޯސްޓް

"އެ ޕޯސްޓަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ނުބައި ޕޯސްޓެއް, އެއީ އެހެންމީހުންނަށް އިހުތިރާމެއް ނެތްކަމާއި އަދި ހާލަތާ އެއްގޮތަކަށް ވެސް ގުޅޭ ޕޯސްޓެއް ނޫން, އެކަމުގެ ސަބަބުން އިންގަޕޫރުގައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމާއި ސަލާމަތަށް ނުރައްކާވޭ" ސިންގަޕޫރު ސަރުކާރުގެ ލޯ އެންޑް ހޯމް އެފެއާޒް މިނިސްޓަރު ކޭ ޝަމްމުގަމް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ސިންގަޕޫރަކީ މެޖޯރިޓީ އާއި މައިނޯރިޓީއަށް ވެސް އިހުތިރާމާއި ރައްކާތެރިކަން ލިބިގެންވާ ގައުމެއް ކަމަށެވެ.

މި ޕޯސްޓް މިހާރު ޑިލީޓް ކޮށްފައި ވާ އިރު ސިންގަޕޫރުގައި ހުންނަ އިޒްރޭލު އެމްބަސީން ބުނީ ޕޯސްޓް ކުރީ ހުއްދަ ނުހޯދާ ކަމަށާއި ޕޯސްޓް ކުރި ސްޓާފަށް މިހާރު އަދަބު ދީފައި ވާ ކަމަށެވެ.