ވައިގެ މަގުން އަންނަ ހަމަލާތަކުން ދިފާއުވުމަށް ބޭނުން ކުރާ އެޑްވާންސް އައްޑަނަ ތަކާއި ކޮންމެ މިސައިލަކަށް 2 ލައްކަ ޑޮަލަރު ގައުމުތަކުން ހަރަދު ކުރާ އިރު، އެކަން ނިމުމަކަށް ގެންނަން ލޭޒާ ހަތިޔާރު އުފައްދައިފިއެވެ.

އަމާޒުވެގެން އަންނަ ކޮންމެ މިސައިލަކާއި، ޑްރޯން ހަމަލާއެއް ނައްތާލުމަށް ބޭނުން ކުރާ މި ލޭޒާ ބަޑިން ޝޮޓެއް ޖަހައިދޭ އަގަކީ އެންމެ 13 އެމެރިކާ ޑޮލަރެވެ.

އިނގިރޭސީން އުފެއްދި މި ބަޑި އަސްކަރީ ހަތިޔާރާއި އާލާތްތައް ދައްކާލައި ޝޯތަކުގައި އިފްތިތާހު ކޮށްފައި ވާ އިރު އިނގިރޭސި ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ގާތްގަނޑަކަށް 10 ސިކުންތުގެ ލޭޒާ ހަމަލާ އަކަށް ހަރަދުވާނީ 13 ޑޮލަރު ކަމަށެވެ.

މި ހަތިޔާރު ބޭރަށް ނެރެ ޓެސްޓް ކޮށްފައި ވާ އިރު، އާންމުކޮށް ހަމަލާ ދޭ ދުރުމިނުން އަންނަ ދުޝްމަނުންގެ ހަމަލާތައް ނައްތާލުމުގެ ގާބިލުކަން މި ހަތިޔާރަށް ވަނީ ލިބިފައެވެ.

މިއީ އަސްކަރީ މައިދާން އިންގިލާބު ކޮށްލާނެ ހަތިޔާރެއް ކަމަށް ތަޖުރިބާކާރުން ބުނަމުން ގެންދާ އިރު، މިބާވަތުގެ ލޭޒާ ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާގައި ބޭނުން ކުރާ ހަތިޔާރުން ޝޮޓެއް ޖަހައިދެނީ 2 މިލިއަން ޑޮލަރަށެވެ. އެހެންކަމުން މާ ބޮޑުތަނުންވެސް އަގު ހެޔޮ ފެންވަރުގެ ހަތިޔާރެއް ލިބިގެން ދިޔުމަކީ ހިނގަމުން ދާ ހަނގުރާމަތަކުގައި ވެސް ބޭނުން ކުރަން ބައެއް ފަރާތްތަކުން ހޯދަފާނެ ހަތިޔާރެއް ކަމަށް ބުނެއެވެ.

ޑްރެގަން ފަޔާ ސިސްޓަމް އަސްކަރީ ޝޯ އެއްގައި ދައްކާލަނީ

އެމެރިކާއާއި ގުޅިފައިވާ ފައުޖުތަކުން މެދުއިރުމަތީގައި ހުތީންގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމަށް ބޭނުންކުރާ ކޮންމެ މިސައިލެއްގެ އަގު 100،000 އެމެރިކާ ޑޮލަރަށް ވުރެ ބޮޑެވެ. އެމެރިކާއިން ޔޫކްރައިން އަށް ދީގެން ބޭނުން ކުރާ ޑިފެންސް ސިސްޓަމް ތަކުން ފޮނުވާލައި ކޮންމެ މިސައިލަކީ 245،000 އެމެރިކާ ޑޮލަރަށް ވުރެ އަގު ބޮޑު މިސައިލެކެވެ. އިޒްރޭލަށް އަމާޒުކޮށް ހަމާސް އިން ފޮނުވާލައި 16 ޑޮލަރުގެ ރޮކެޓު ވައްޓާލަން އަޔަން ޑޯމްގައި ބޭނުން ކުރާ މިސައިލަކީވެސް ހަމަ އެހާ އަގުބޮޑު އެއްޗެކެވެ.

މިހާރު ހިނގަމުންދާ ގާޒާ ހަނގުރާމައިގައި ހަމާސް އިން އިޒްރޭލަށް ފޮނުވާލި ރޮކެޓްތަކެއް ވައްޓާލުމަށް ލޭޒާ ހަތިޔާރު ބޭނުން ކޮށްފައި ވެއެވެ. އެއީ އެމެރިކާއިން ފޯރުކޮށްދިން ސިސްޓަމެއް ކަމެއް ނުވަތަ އިނގިރޭސީން ފޯރުކޮށްދިން ސިސްޓަމެއް ކަމެއް ސާފެއް ނުވެއެވެ.

ޑްރެގަން ފަޔާ ގެ ނަމުން ނަންދީފައި ވާ މި ހަތިޔާރު ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރަން އަދި ހުއްދަދީފައެއް ނުވެއެވެ.