ނިމިދިޔަ ސަރުކާރުން ދޫކުރި ފްލެޓާއި ގޯއްޗާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށްޓަކައި ހައުސިން މިނިސްޓްރީ އަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީ އަށް ލަފާދިނުމަށްޓަކައި މާލޭގެ ފަސް ކައުންސިލަރެއްގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް އުފައްދައިފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި ހައުސިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އެކުލަވާލި ކޮމިޓީގެ ނިންމުންތައް ނިންމުމުގައި މާލޭގެ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް ބޭނުންވާތީ، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ލަފާގެ މަތިން ފަސް ކައުންސިލަރުންގެ ކޮމިޓީއެއް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އެކުލަވާލައްވާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން އެކުލަވާލި މި ކޮމިޓީގައި ތިއްބަވާ ކައުންސިލަރުންނަކީ:

  • އައިޝަތު ނިޒްލީ ރަޝީދު (ހެންވޭރު އުތުރު)
  • އަހްމަދު އައިފާން (ހެންވޭރު ހުޅަނގު)
  • މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް (ގަލޮޅު ހުޅަނގު)
  • މުހައްމަދު އަރީޝް (މާފަންނު ހުޅަނގު އުތުރު)
  • ހަސަން ނިޒާމް (މާފަންނު ދެކުނު)

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ އަންނަ އާދީއްތަ ދުވަހު ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީ އަށް ލަފާދޭން އުފެއްދި ކޮމިޓީގައި ތިއްބަވަނީ:

  • އަނީސާ އަހްމަދު
  • އާމިނަތު އީނާސް
  • އަހްމަދު އަލިމަނިކު
  • އަބްދުލްއަޒީޒް ޔޫސުފް
  • މަރިޔަމް ފިޒާނާ ރަޝީދު

އެ ކޮމިޓީގެ ޗެއާގެ ގޮތުގައި އަނީސާ، އަދި ޑެޕިއުޓީ ޗެއާގެ ގޮތުގައި އަބްދުލްއަޒީޒް ވަނީ ކަނޑައަޅައިފައެވެ.

އެ ދެ ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީން ކަމަށް، އެ މިނިސްޓްރީން ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.