މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި 22 ފޯނު އަތުލައިފިއެވެ.

ފުލުހުން ބުނީ މާފުށީ ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޑްގެ އިތުރުން ދެ ސިމްކާޑާއި މޯބައިލް ފޯނުގެ ބައިތަކެއްވެސް އަތުލާފައިވާ ކަމަށެވެ.

މާޗު 6 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ފުލުހުންނަށް ހުޅަހަޅާފައިވާ މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައެއްގެ އިތުރުން މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާއިރު ޖަލުތަކަށް އެކި ފަހަރު މަތިން ގައިދީން ދަނީ ފޯނު ފަދަ ތަކެތި ވައްދަމުންނެވެ. ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަންތަކުން މިފަދައިން ވައްދާ ތަކެތި ދަނީ އަތުލައިގަންނަމުންނެވެ.