ކ. މާފުށީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މާފުށީގައި ހިންގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާދެމުންދާ ކަމުގެ ރިޕޯޓު މރޭ ފަތިހު ލިބިފައިވާ ކަމަށެވެ. 34 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ރަށުގައި އިތުރު މާރާމާރީއެއް ވެސް ހިންގާފައިވާ ކަމަށާއި އެ މާރާމާރީއާ ގުޅިގެން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެ މީހުންނަކީ ރޭ ފަތިހު ހިންގި މާރާމާރީގައިވެސް ބައިވެރިވި ދެމީހުން ކަން މިހާތަނަށް ހޯދި ހޯދުން ތަކުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީތަކާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. އަދި މިއީ ކޮން ސަބަބަކާ ހުރެ ހިންގި މާރާމާރީތަކެއް ކަމެއްވެސް މިހާތަނަށް އެނގިފައި ނުވެއެވެ.

މީގެ ކުރިން މާލެ އާއި ރަށްރަށުގައި އެކި އެކި މާރާމާރީ ހިންގާ އެކި މީހުންގެ ފުރާނަ ވެސް ވަނީ ގޮސްފައެވެ.