މިޔަންމާގެ މޫދުގެ ތިލަ ހިސާބުގައި އުޅޭ ޑެނިއޮނެއްލާ ސެރެބްރަމް ނަމަކަށް ކިޔާ ދެފުށްފެންނަ ޒާތުގެ އަލިމަހެއް ލައްވާ އަޑު، މަތިންދާ ބޯޓެއް ނައްޓާލާއިރު 100 މީޓަރު ދުރުގައި ތިބޭ އިންސާނުންނަށް އިވޭ އަޑަށް ވުރެ ބާރުކަން ސައިންސްވެރިން ހޯދައިފިއެވެ.

ސައިންސްވެރިން ބުނީ، އެ މަސް ލައްވާ އަޑުގެ ބާރު މިނުގައި 140 ޑެސިބަލްސް (އަޑު ނުވަތަ އިލެކްތްރިކް ސިގްނަލްގެ ބާރުމިން ވަޒަންކުރާ މިންގަނޑެއް) ހުންނަ ކަމަށާއި އެއީ މަތިންދާ ބޯޓެއް ނައްޓާލާއިރު 100 މީޓަރު ދުރަށް ހުންނަ އަޑާއި އެއްގަމުގައި އުޅޭ އޮޅުދޫވަލު އެތް [އެލަފަންޓް] ލައްވާ އަޑަށް ވުރެ ބާރު އަޑެއް ކަމަށެވެ.

އާންމުކޮށް ކުދިކުދި ޖަނަވާރާއި މަސްމަހާ މެއްސާއި ދޫނި ސޫފާ ސޫތްޕަކީ އެބާތުގެ ބޮޑެތި ޖަނަވާރާއި މަސްމަހާ މެއްސާއި ދޫނިސޫފާ ސޫފި ހާ ބާރަށް އަޑުލެއްވުމުގެ ގާބިލުކަން ހުރި އެއްޗެހިކަން މީގެ ކުރިން ދެނެގަނެވިފައެއް ނުވެއެވެ.

އެތަކަށް ވެސް އޭގެ ހޮނުން އަޑު ލެއްވެނީ 125 ޑެސިބަލްސް ގެ ބާރުމިނުގައެވެ. ނަމަވެސް ބައެއް ކުދި މަސްމަހާމެހީގެ ތެރޭގައި ހިމެނޭ ޝްރިމްޕް އަށް އޭގެ ދެ ދަތްގަނޑުން ތަޅާ އަޑު 250 ޑެސިބަލްސް އާ އެއްވަރު ކޮށްލެވެއެވެ. އަދި މިޑްޝިޕްމޭން ފިޝް ކިޔާ މަހެއް ވެސް 130 ޑެސިބަލްސް އަށް އަޑުލައްވައެވެ.

ސައިންޓިސްޓުންނާއި ރިސާޗަރުންގެ ޓީމުން، ހައި ފްރެކްއެންސީ ޑީވައިސްތަކާއި ކެމެރާ އަދި ސީޓީ ސްކޭންގެ އެހީގައި މި ކުޑަކުޑަ މަހުގެ ހަރަކާތްތަކާއި ސިފަތައް ދެނެގަނެފައި ވާ އިރު އެ ވެރިން ބުނީ، މިމަހުގައި ހާއްސަ ރިބް ކޭޖަކާއި ޑްރަމިން ކާޓިލޭޖެއް ހިމެނޭ ކަމަށެވެ.

މި މަސް އަޑުލައްވަނީ، އޭތީގެ ކާޓިލޭޖުން ބްލެޑާގައި ޖަހަމުން ކަމަށް ވެސް ބުނެފައި ވެއެވެ. އޭތީގެ ސްވިމް ބްލެޑާއަކީ ފީނުމަށް ނުވަތަ ފެތުމަށް ބޭނުންވާ ގޭހުން ފުރިފައި އޮންނަ ބްލެޑާއެކެވެ. އެގޮތުން ކާޓިލޭޖް ބްލެޑާގައި ޖެހޭ އިރު ބްލެޑާ އޭތީގެ ހަށިގަނޑުގެ ދެފަރާތުން ފިއްތާލާ ކަމަށާއި އެއާ ވިދިގެން އެ ބާރު އަޑު ނިކުންނަމުން ދާ ކަމަށެވެ.

ސައިންސްވެރިން ބުނީ، މި މަސް އަޑުލެއްވުމުގައި ހަށިގަނޑުގެ ހަރަކާތްތައް ގެންގުޅޭ ގޮތަށް ނުވަތަ ހަރަކާތްތައް ހުންނަ ގޮތަށް އެހެން މަހެއްގައި ހަރަކާތްތައް ހުއްޓާ އަދި ފެނިފައި ނުވާ ކަމަށެވެ.