ކުރިއަށް އޮތް ރަމަޟާން މަހު، ބީއެމްއެލް ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން ކަމަށާއި ފަހު ދިހަ ދުވަހު ވެސް ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަން، އެ ބޭންކުން ހާމަކޮށްފިއެވެ.

ރަމަޟާން މަސް ފިޔަވައި އާންމު ގޮތެއްގައި ބީއެމްއެލް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2 ޖަހަންދެނެވެ.

ބީއެމްއެލުން ވަނީ އަންނަ ރަމަޟާން މަހު އެ ބޭންކުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފައެވެ. އެ ގަޑިތަކަކީ:

  • ރަމަޟާން މަހާއި (ފަހު 10 ފިޔަވައި) ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަސް:ހެނދުނު 9:30 އިން މެންދުރު 12 އަށް
  • ރަމަޟާން މަހުގެ ފަހު 10 ދުވަސް: ހެނދުނު 10 އިން މެންދުރު 12 އަށް

އެހެން ވިޔަސް ރަށްރަށުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސެންޓަރުތައް މެދުވެރިކޮށް ފައިސާ ނެގުމާއި، ފައިސާ ޖަމާކޮށް ފޮނުވުމުގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށާއި، ރަށްރަށުގައި ތިބި ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން ބީއެމްއެލްގެ ހޮޓްލައިނަށް ގުޅައިގެން ވެސް ހިދުމަތް ހޯދޭނެ ކަމަށާއި، އޭއައި ޗެޓްބޮޓް އާޔާ، ނުވަތަ ފޭސްބުކުން ލައިވް އޭޖެންޓަކާ ވާހަކަ ދައްކައިގެން ވެސް ހިދުމަތް ހޯދޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.

ބީއެމްއެލުން ވަނީ މޯބައިލް ބޭންކިން އެޕާއި އިންޓަނެޓް ބޭންކިން ވެބްސައިޓް މެދުވެރިކޮށް ބޭންކުގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.