ބްރިޖް ހައިވޭގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓުވެފައި ވަނީ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ފަޅީގެ ގާތްގަނޑަކަށް މެދާ ހިސާބުގައި ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 5:38 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އޭޑީކޭ ހޮސްޕިަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.