ފިޓު ޖެހިގެން މާލެ ގެނައި އަންހެނަކު ފަރުވާ ދެނިކޮށް މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާއަށް ފިޓު ޖެހި ވަނީ ނ. ޅޮހީ ވަލުތެރެއަށް ވެއްޓިފައެވެ. އަދި މި އަންހެން މީހާ ވެއްޓިފައި އޮށްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ.
މީގެއިތުރުން ފިޓު ޖެހިގެން ވަލުތެރެއަށް ވެއްޓި ގިނަ އިރު ވީއިރުވެސް އެއްވެސް ފަރާތަކަށް މީނާ ފެނިފައި ނުވުމުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ފުރަތަމަ ގެންގޮސްފައިވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ. އޭނާ މަރުވީ މާލޭގައި ފަރުވާ ދެމުން ދަނިކޮށެވެ.
މުރުން 25 އަހަރުގެ އެ އަންހެން މީހާ ވަލުތެރޭގައި އުޅެނިކޮށް ފިޓުޖެހިގެން ވެއްޓުމުގެ ސަބަބުން އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާއ ގުޅިގެން ކަމާބެހޭ އެއްވެސް ފަރާތެއްގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.
ފިޓް ޖެހޭ ބަލި މީހުންނަށް ދޭ ދުވާލަކު 3 އިރު ކާން ދޭ ކާރބަމެޒަޕިން ބޭސް އެސް.ޓީ.އޯ މާލެ ފިހާރަތަކުން ހުސްވެފައި ހުންނަތާ 5 ދުވަސް ވެއްޖެ. ބުނަނީ ލިބޭނީ 1 މަސް ފަހުން ކަމަށް. އަޅުގަނޑުމެންގޭގައި ހުންނަ ބަލި ދައްތައެއް ބޭސް ހުސްވެގެން މިހާރު ފަރުވާ މިދެނީ ހޮސްޕިޓަލަށް ގެންގޮސްގެން.