ނ. ޅޮހީގައި 'ހޮޅި މުއިއްޒު' ޖައްސައި [މުއިއްޒާ ގުޅުވައި ކިޔަމުން ދާ ވަނަމެއް] އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އުތުރުގެ އަތޮޅުތަކުގެ ތެރެއިން ނ. ރ. ބ. ޅ އަދި ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުގައި ނ. އަތޮޅު ޅޮއްސަށް ވަޑައިގަތުމުން އެ ރަށުގައި އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު ނިކުމެ ދަނީ މުއިއްޒުއާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.
މުއިއްޒު އެރަށަށް ވަޑަައިގަން އިރު އޭނާ އަށް މަރުހަބާ ކިޔުމަށް ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން، ޒީނަންތެރި ކޮށްފައި ވާ ގިޑިއެއްގެ ފަހަތުގައި އެތުރިގެން ތިިބި އިރު އެމީހުން މުއިއްޒުއަށް ކިޔާފައި ވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ.
އޭރު އިދިކޮޅު އެމްޑީޕީއަށް ތާއީދު ކުރާ 10 ވަރަކަށް ސަޕޯޓަރުން އެއްފަރާތެއްގެ ގަސްތަކުގެ ހިޔަލުގައި ތިބެ 'ހޮޅި މުއިއްޒު' ކިޔަމުން ކިޔަމުން ގޮސް މުއިއްޒުއާ ދިމާއަށް ދުއްވައިގަން ނަމަވެސް އެ މީހުންނަށް އަތް ހޫރުއްވަމުން މުއިއްޒު ވަޑައިގަތީ ހިނިތުންވުމާއެކު ޕީޕީއެމްގެ ސްޕޯޓަރުންގެ ގާތަށެވެ.
ހާހެއްހާ މީހުން ހަމަވާ ޅޮހީގައި ތާއީދު ބޮޑީ މުއިއްޒަށެވެ. ދެ ޕާޓީ ދާދި ހަމަހަމަކޮށް އޮތް ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ 34 ވޯޓުގެ ތަފާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ؛
- ޑރ. މުހައްމަދު މުއިއްޒު – 179 ވޯޓު
- އިބްރާހިމް މުހައްމަދު ސޯލިހު – 145 ވޯޓު
- ވޯޓުލެވޭ މީހުންގެ އަދަދު: 415
އެމްޑީޕީގެ ސާފު މެޖޯރިޓީ އޮންނަ ކައުންސިލެއް އޮތް ޅޮހި ހިމެނޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގައި ހުންނަވަނީ ނ. ވެލިދުއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އެވެ.
ޖުމްލަ 11 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށް ސަރުކާރުގެ މައުލޫމާތު ހިއްސާ ކުރާ އައިލްސް ގައި ވާ ގޮތުން، ހެލްތް ސެންޓަރުގެ ގަރާޖާއި ޕޯޓިކޯ ހެދުމާއި، ސާފް ޓްރެކަކާއި ފްޓްބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކަކާއި، ހާބަރު އަޕްގްރޭޑް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމާއި އެ ރަށު ސްކޫލަށް 6 ކްލާސް ރޫމް އިތުރު ކުރުމާއި ފެރީ ނިޒާމުން ގުޅާލުމާއި ފްޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތް ހިމަނާފައި ވެއެވެ.
ގޮތެއް ފޮތެއް ނެތް ދޯ މަ ލަދުގަނޭ މަ ރަށޭ ބުނަންވެސް މަ ގޯތި މޑޕ ޖަގަހަ ހަދާގެން ލޯލާރިއެއްވެސް ނުދީ ކޭބަޔެއް ނޭނގެ މޑޕ ލަދުކޮބާ
ކޮބާ ހިއުމަންރައިޓް ކޮމިޝަން؟ ނިދުނީ.