އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ މާބަނޑު އަންހެނެއްގެ ފިރިމީހާ، އެހެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ވި މައްސަލައެއްގައި އެ އަންހެންވީމާ އާ ސުލްހަވާން، އޭނާ އުޅޭ ވިލެޖަށް ގޮސް އިންދާ، އެ އަންހެން މީހާ ރޭޕް ކޮށް އޭނާގެ ގައިގައި އަލިފާން ރޯކޮށްލައިފިއެވެ.

އެ ސިޓީގެ ފުލުހުން ބުނީ، މާބަނޑު އަންހެން މީހާ ދިޔާއީ އޭނާގެ ފިރިހާގެ ފަރާތުން ރޭޕްގެ ޝިކާރައަކަށް ވީ ކަމަށް ތުހުމަތު ކުރި އަންހެނަކާ ސުލްހަވެ އޭނާގެ ވިލްޖުގައި އޭނާ އާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.

އެހެން ގޮސް އިންދާ، އޭނާގެ ގެއަށް ގޮސް އުޅުނު 3 ފިރިހެނުންގެ ގްރޫޕަކުން އޭނާ ރޭޕް ކޮށް ގަޔަށް ޕެޓްރޯލް އަޅާ ރޯކޮށްލީ ކަމަށެވެ. އެކަން އެގޮތަށް ކުރަމުން އެމީހުން ވީޑިއޯވެސް ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ހާދިސާ ހިނގިކަން އާންމުންނަށް އެނގި އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދެވުނު އިތު ގާތްގަނޑަކަށް 80 ޕަސެންތް ފިހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އުމުރުން 34 އަަހަރުގެ އެ އަންހެން މީހާ އާ ހަވާލާ ދީ ފުލުހުން ބުނީ އޭނާ ރޭޕް ކޮށް ހުޅު ޖެހުމުގައި އެ 3 ފިރިހެނުންގެ އިތުރުން އަންހެނުން ވެސް ބައިވެރިވި ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ގެންދާ އިރު، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކުހެން މިފަދަ ހާދިސާތައް ހިނގައެވެ. ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް 31،000 މީހުން ރޭޕް ކޮށްފައި ވެއެވެ.