ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓާނުވުމުން، ރަޖިސްޓްރީ ބާތިލްވާ މީހުން އަލުން ރަޖިސްޓާވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.
އީސީއިން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އަދަދު ކަނޑައެޅިފައިވާ އަދަދަށް ވުރެއް މަދުވުމުން އެ ތަންތަނުގައި ވޯޓު ފޮށިތައް ނުބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ވޯޓު ފޮށިތައް ނުބެހެއްޓުމަށް ނިންމާފައިވާ ރިސޯޓުތައް:
-
ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް) - ވޯޓުފޮށީގެ ކޯޑު: Z01.1.4
-
އިންޓާ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު) - ވޯޓުފޮށީގެ ކޯޑު: Z01.1.5
-
ޖޯލި ބީންގް (ރ. ބޮޑުފުށި) - ވޯޓުފޮށީގެ ކޯޑު: Z01.1.6
-
ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ) - ވޯޓުފޮށީގެ ކޯޑު: Z01.1.8
-
ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި) - ވޯޓުފޮށީގެ ކޯޑު: Z01.1.11
-
ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ) - ވޯޓުފޮށީގެ ކޯޑު: Z01.1.12
-
އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި) - ވޯޓުފޮށީގެ ކޯޑު: Z01.1.13
-
ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި) - ވޯޓުފޮށީގެ ކޯޑު: Z01.1.16
-
ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި) - ވޯޓުފޮށީގެ ކޯޑު: Z01.1.18
-
ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ) - ވޯޓުފޮށީގެ ކޯޑު: Z01.1.20
-
އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެގެނލި (ކ.ހެލެގެނލި) - ވޯޓުފޮށީގެ ކޯޑު: Z01.1.23
-
ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު) - ވޯޓުފޮށީގެ ކޯޑު: Z01.1.29
-
ކޮންސްޓެންސް މޫފުށި (އދ. މޫފުށި) - ވޯޓުފޮށީގެ ކޯޑު: Z01.1.33
-
ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި) - ވޯޓުފޮށީގެ ކޯޑު: Z01.1.35
-
ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް( އދ. ދިއްދޫ ފިނޮޅު) - ވޯޓުފޮށީގެ ކޯޑު: Z01.1.37
-
މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ ) - ވޯޓުފޮށީގެ ކޯޑު: Z01.1.42
-
ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ) - ވޯޓުފޮށީގެ ކޯޑު: Z01.1.44
ވޯޓު ފޮށިތައް ނުބެހެއްޓުމަށް ނިންމާފައިވާ ސިނާއީ މަސައްކަތް ކުރާ ތަންތަން:
- ހުޅުލެ (ވޯޓުފޮށީގެ ނަން: ހުޅުލެ-1) - ވޯޓުފޮށީގެ ކޯޑު: V02.1.1
ވޯޓު ފޮށިތައް ނުބެހެއްޓުމަށް ނިންމާފައިވާ ރާއްޖޭން ބޭރުގެ ތަންތަން:
- އިންޑިއާ، ޓްރިވެންޑްރަމް - (ވޯޓުފޮށީގެ ނަން: އިންޑިއާ/ޓްރިވެންޑްރަމް -1 ) - ވޯޓުފޮށީގެ ކޯޑު: W01.1.1
- ތައިލެންޑް، ބެންކޮކް - (ވޯޓުފޮށީގެ ނަން: ތައިލެންޑް/ބެންކޮކް -1 ) - ވޯޓުފޮށީގެ ކޯޑު: W03.1.2
- އިނގިރޭސިވިލާތް، ލަންޑަން - (ވޯޓުފޮށީގެ ނަން: އިނގިރޭސިވިލާތް/ލަންޑަން -1 ) - ވޯޓުފޮށީގެ ކޯޑު: W04.1.2
- އެކުވެރި އަރަބި އިމާރާތް، އަބޫ ދާބީ - (ވޯޓުފޮށީގެ ނަން: އިނގިރޭސިވިލާތް/ލަންޑަން -1 ) - ވޯޓުފޮށީގެ ކޯޑު: W08.1.1
އެ ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިއުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމަށް އީސީއިން ވަނީ އެދިފައެވެ. އަދި މިއަދު 08:30 އިން ފެށިގެން މާދަމާ ހަވީރު 04:00 ގެ ނިޔަލަށް އީސީއިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
އީސީއިން އިތުރަށް ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.