އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯ އަފީފް އަބްދުލް ސަމަދު އަދި މުހައްމަދު އަހުމަދަށް ލިބިއްޖެއެވެ.

ފެބުރުއަރީ 16 ގައި ގަތަރުގައި އޮންނަ މި މެރަތަންގައި ބައިވެރިވުމަށް ނަސީބުވެރި 2 ފަރާތް ހޮވާފައިވަނީ ފެބްރުއަރީ 11 ގައެވެ. އުރީދޫއިން ބުނި ގޮތުގައި މި ފުރުސަތަކީ އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެއްކަމަށާއި މިފުރުސަތުގެ ސަބަބުން ދުޅަހެޔޮ ބަޔަކަށް ވުމަށް މަގު ފަހިވެގެންދާނެކަމަށެވެ.

މީގެއިތުރުން އުރީދޫއިން ވަނީ އުރީދޫގެ މި ލަކީ ޑްރޯ ވިން ކުރި ދެ ފަރާތަށް މަރުހަބާ ކިޔާފައެވެ. އަދި ރާއްޖެ ތަމްސީލުކުރާ މި ދެފަރާތައް ކާމިޔާބީއަށް އެދިފައެވެ.

އުރީދޫގެ މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ 4 ފެށިގެން 10 ފެބުރުއަރީގެ ނިޔަލަށެވެ. އަދި ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތަކަކީ:

  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހު ހުރުން،
  • ލަސްވެގެން 1 ފެބުރުއަރީ 2023އިން ފެށިގެންދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެއެވެ.

ދޯހާ މެރެތަން އަކީ 2013 ވަނަ އަހަރުން ފެށިގެން ގަތަރުގެ ދޯހާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޯޑް ބޭސްޑް މެރެތަން އެކެވެ