އެމެރިކާ ރުހުނަސް ނުރުހުނަސް ގާޒާ ހަނގުރާމަ ހުއްޓުމެއް ނެތް ކަމަށް ބުނެ ޔަހޫދީ ބޮޑުވަޒީރު ރަފާއަށް އަރައިގަތުމުގެ ޕްލޭން އިއުލާން ކޮށްފިއެވެ.
އޭނާ ބުނީ, ރަފާއަށް އެރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީ މިހާރު ކުރިއަށް ދާ ކަމަށާއި, އަރައިގަތުމުގެ ކުރިން އެތާ ތިބި 1.5 މިލިއަން މީހުން އެތަނުން ބާލަން ސިފައިންނަށް އަންގާފައި ވާ ކަމަށެވެ. އަދި އެކްޝަން ޕްލޭނެއް ތައްޔާރު ކޮށް ކުރިއަށް ދާންވީ ގޮތް އޭނާ އަށް ހިއްސާ ކުރުމަށް ވެސް ސިފައިންނަށް ވަނީ އަންގާފައެވެ.
ރަފާއަކީ މިސްރާ އިންވެގެން އޮންނަ ރެފިއުޖީ ކޭމްޕެވެ. އެތަނަކީ, އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން, ސަލާމަތާއި ރައްކާތެރިކަން ހޯދަން ބޭނުންވާ މީހުން ދާން އެންގި ތަނެވެ. އެއާއެކު ގާޒާގެ އުތުރާއި ދެކުނުން މިލިއަންނެއްހާ މީހުން ފައިގެން ގޮސް ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބީ ރަފާގައެވެ. އެއް ކޮޓަރިއެއްގައި ޑިއުޓީ ބަހައިގެން 75 މީހުން, 100 މީހުން ނިދާ ހަދަމުން ގެންދާ އިރު, ވަންނާނެ ގެދޮރެއް ނެތި ހާމަ މަގުތަކުގައި ނިދާ, ހާޖަތް ކޮށްގެން އުޅޭ އެތައްހާސް ބަޔަކުވެސް ރަފާގައި އެބަ ތިއްބެއެވެ. އަދި މައިންވަފައިން ވީ ތަނެއް ނޭނގި އެކަނިވެފައި ތިބި 17,000 ކުޑަކުދިންވެސް ރަފާގެ ތެރޭގައި އެބަތިއްބެވެ. ކާނެ އެއްޗެއް ބޯނެ ފެންފޮދެއްހާ ހިސާބު ނެތް 1 މިލިއަން މީހުން ރަފާއިން ބާލަން ނަތަންޔާހޫ ސިފައިންނަށް އަމުރު ކުރި އިރު އެމީހުން ފައިބައިގެން ދާނީ ކޮންތާކަށްތޯ ވަނީ ސުވާލު އުފެދިފައެވެ.
ނަތަންތާހޫގެ މި އެންގުމާއެކު އެމެރިކާއިން އިޒްރޭލަށް އިންޒާރު ކޮށްފައި ވާއިރު, މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދަނީ މިއީ މާސިންގާ ގަތުލުއާންމެއްގެ ބޮޑު މަންޒަރެއް ކަމަށާއި, އެމެރިކާ އާއި އިނގިރޭސީންނާއި ސައުދީ އާއި މިސްރުން މިވަގުތު ތެދުވެ އިޒްރޭލު ނުހުއްޓުވައިފި ނަމަ ނަސްލެއް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ނަތަންޔާހޫ މިފަދަ ނުރައްކާ އިންޒާރެއް ދީފައި ވާ އިރު, ހަމާސް އާއި އިޒްރޭލު ސުލްހަ ކުރުމަށް އެމެރިކާ, ގަތަރު އަދި މިސްރު މެދުވެރިވެގެން އެކުލަވާލި ޑްރާފްޓް އެއްބަސްވުން ކޮޅެއްގައި ޖެހޭނެ ކަމުގެ އުއްމީދުވެސް ވަނީ ކުޑަވެފައެވެ. އެ އެއްބަސްވުން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހިއްސާ ކޮށްފައި ވާ އިރު, އޭގައި ހަމާސް އިން ޝަތުރު ކޮށްފައި ހުރި ކަންކަމަކީ ނަތަންޔާހޫ އެއްބަސްވާނެ ކަންކަމެއް ނޫން ކަމަށް ވެސް މުރާސިލުން ބުނެއެވެ. އޭގައި ހަމާސް އިން ބުނެފައި ވަނީ ފުރަތަމަ ކަމަކީ 45 ދުވަހުގެ 3 ބުރަށް ހަމަލާތައް ހުއްޓާލައި ދެފަރާތުން ރަހީނުން ބަދަލު ކުރުމާއެކު އަސާސީ ހިދުމަތްތައް ގާޒާއަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
އެއާ ވިދިގެން ދެން ހުށަހަޅާ ގޮތަކީ, އެ 135 ދުވަސް ހަމަވުމާއެކު, ގާޒާގައި ތިބި އިޒްރޭލުގެ ހުރިހާ ސިފައިން ފައިބައިގެން ދިޔުމާއި ހަނގުރާމަ ހުއްޓާލައި ގާޒާ އާރާސްތު ކުރުމަށް އެހީތެރިވުމެވެ.
މިއީ ޔަހޫދީ ބޮޑުވަޒީރު އެއްގޮތަކަށް ވެސް ރުހޭނެ ހުށަހެޅުމެއް ނޫންކަމަށް މުރާސިލުން ބުނެއެވެ. އެއީ ބޮޑުވަޒީރު ނަތަންޔާހޫގެ ނިންމުމަކީ އަދި ވަކާލާތު ކުރަމުން ގެންދަނީ ގާޒާ ހިފާ, ދާއިމަށް އެތާނގައި އިޒްރޭލު ސިފައިން ބޭތިއްބުން ކަމަށް ވާތީއެވެ.
ރޮއިޓާސް އަށް ފެނިފައި ވާ ކަމަށް ބުނާ އެއްބަސްވުމުގެ އެ ޑްރާފްޓްގައި ފުރަތަމަ 45 ދުވަސް ހާއްސަ ކޮށްފައި ވަނީ, ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ އަންހެނުންނާއި 19 އަހަރުން ދަށުގެ މީހުން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރުމެވެ. ހަމަ އެއާއެކު މައިގަނޑު ]ބައިބޯ[ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުމާއި ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތައް އާރާސްތުކުރަން ފެށުން ވެސް ހިމަނާފައި ވަނީ މި މުއްދަތުގެ ތެރެއަށެވެ.
ދެވަނަ 45 ދުވަހަށް ހިމަނާފައި ވަނީ, ބާކީ ތިބި އިޒްރޭލުގެ ފިރިހެން ރަހީނުން މިނިވަން ކުރާއިރު އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ފިރިހެނުން މިނިވަން ކުރުމާއި ގާޒާއިން އިޒްރޭލު ސިފައިން ފޭބުމެވެ.
ތިންވަނަ 45 ދުވަހަށް ހާއްސަ ކޮށްފައި ވަނީ, ދެފަރާތުން ކުރެ ކޮންމެ ފަރާތެއްގައި ރާހީނުންގެ ގޮތުގައިވެސް އަދި މަރުވެ ނުވަތަ މަރާލާފައި ވާ މީހުންގެ ހަށިތައް އެއްފަރާތުން އަނެއް ފަރާތަށް ބަދަލު ކުރުމެވެ.
ހަމާސް އިން ބުނާ ގޮތުގައި މި 135 ދުވަހުގެ މުއްދަތު ނިމޭ އިރު ގާޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި ބޭހާއި އެނޫންވެސް އަސާސީ ހިދުމަތްތައް ލިބުމާއެކު ދާއިމީ ސުލްހައެއް ގާއިމު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް އޮންނަން ވާނީ ނިމިފައެވެ.
މިއީ ނަތަންޔާހޫ ބޭނުންވާ ގޮތާއި އަދި ބުނަމުން ދާ ގޮތާ ފުށޫ އަރާ ހުށަހެޅުމެކެވެ. ނަތަންޔާހޫ ބުނެފައި ވަނީ, ގާޒާއިން ޔަހޫދީ ސިފައިން ދެން ނުފައިބާނެ ކަމަށާއި ގާޒާގެ ކޮންޓްރޯލް ދެން އޮންނާނީ އިޒްރޭލަށް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ, މެދުމިނުގެ ހައްލެއް އަދިވެސް ހޯދޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އިޒްރޭލުން ރަފާއަށް އެރުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެމުން ނަތަންޔާހޫ ބުނެފައި ވަނީ ވޮޝިންޓަނުން ރުހުނަސް ނުރުހުނަސް ގާޒާ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށާއި އިޒްރޭލުން ގަބޫލު ކުރާ ހަމައެކަނި ގޮތަކީ "ކާމިޔާބު" ކަމަށެވެ. އެހެން
ފަލަސްތީން ގެ ނަސްލެއް ނެތިގެން ދާއިރުވެސް އަރަބިން ފުޓްބޯޅަ ފޯރީގައި...
މިބޭގާގަ ޖަހަނީވެސް ނުލަފާ މަކަރުވެރިއެއްގެ ވައްތަރު ވަރަށް ފޫހިދެން މިބެއަށް ގޮތެއްވެސް ކަމެއްވެސް ނުވަނީތަ ވަރަށް ފޫހިދެން