ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ މަންމަ އަވަހާރަވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ މަންމަ ދެކެ ވަރަށް ލޯބިވާކަމަށާއި މަންމަ މަތިން ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށް ވިދާޅުވެފައެވެ.

ޑރ. އަބްދުﷲ މުއްތަލިބުގެ މަންމަ، ފާތިމަތު އަލީ އަކީ ރައްޔިތުންގެ ދާއިރާގެ ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުއްތަލިބުގެވެސް މަންމައެވެ. އުމުރުން 82 އަހަރުގައި އަވަހާރަވި މި ބޭފުޅާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.

ކަށު ނަމާދު ބާއްވަނީ ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

މިނިސްޓަރު މުއްތަލިބު ވަނީ ވީހާވެސް ގިނަ ފަރާތްތަކުން މަންމަގެ ޖަނާޒާގައި ބައިވެރިވުމަށް އެދިވަޑައިގަނެފައެވެ.