ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިތުރު ރިސޯޓުތަކުގައި ވޯޓު ލުމަށްޓަކައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން އިއުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން, އިތުރު ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށެވެ.

އީސީއިން ބުނެފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެތެރެއިން މާލޭގައި 181 ފޮށި، ހުޅުމާލޭގައި 50 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅު ތެރޭގައި 319 ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އަދި 37 ރިސޯޓެއްގައި ވޯޓު ފޮށި ބެހައްޓާނެ ކަމަށް މީގެ ކުރިން އީސީއިން ވަނީ ބުނެފައެވެ.

ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިއުލާނުކޮށްފައިވާ ރިސޯޓު ތަކަކީ:

  1. ޝެވަލް ބްލޯންކް ރަންދެލި (ނ.ރަންދެލި)
  2. ސަން ސިޔާމް އިރުފުށި މޯލްޑިވްސް (ނ. މެދަފުށި)
  3. ރޮބިންސަން ނޫނު (ނ. އޮރިވަރު)
  4. ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)
  5. އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)
  6. ޖޯލި ބީންގް (ރ. ބޮޑުފުށި)
  7. ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ)
  8. ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)
  9. ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ (ބ. ހޮރުބަދޫ)
  10. ވައްކަރު މޯލްޑިވްސް (ބ. ވައްކަރު)
  11. ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)
  12. ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)
  13. އެޓްމޮސްފިއަ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
  14. ހުވަފެންފުށި މޯލްޑިވްސް (ކ.ނަކައްޗާފުށި)
  15. ވެލައްސަރު މޯލްޑިވްސް (ކ.ވެލައްސަރު)
  16. ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)
  17. ކުރުނބާ މޯލްޑިވްސް (ކ.ވިހަމަނާފުށި)
  18. ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)
  19. ކްރޮސްރޯޑްސް މޯލްޑިވްސް (ކ. އެއްމާފުށި)
  20. ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)
  21. ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ (ކ. ފުރަނަފުށި)
  22. ގިލި ލަންކަންފުށި (ކ. ލަންކަންފުށި)
  23. އޮބްލޫ ބައި އެޓްމޮސްފިއަ އެޓް ހެލެގެނލި (ކ.ހެލެގެނލި)
  24. އަނަންތަރަ ދިގު، ވެލި އެންޑް ނަލަދު (ކ. ވެލިގަނޑު ހުރާ)
  25. ކްލަބް މެޑް ކަނިފިނޮޅު (ކ.ކަނިފިނޮޅު)
  26. ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ (ކ. ކޮށްދިއްޕަރު)
  27. ދަ ރިޓްޒް ކާލްޓޮން މޯލްޑިވްސް (ކ. ރަށްފަޅު ހުރަ އިރު)
  28. ވަން އެންޑް އޮންލީ ރީތި ރަށް، މޯލްޑިވްސް (ކ. މެދުފިނޮޅު)
  29. ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)
  30. މަލަހިނި ކުޑަ ބަނޑޮސް ( ކ. ކުޑަބަނޑޮސް)
  31. ވިލާ ޕާކް ސަން އައިލެންޑް (އދ. ނަލަގުރައިދޫ)
  32. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް (އދ. ރަންގަލިފިނޮޅު)
  33. ކޮންސްޓެންސް މޫފުށި (އދ. މޫފުށި)
  34. ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓު މޯލްޑިވްސް (ދ. ވޮއްމުލި)
  35. ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)
  36. ވަލްޑޯފް އެސްޓޮރިއާ މޯލްޑިވްސް ( ކ. އިތާފުށި)
  37. ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް (އދ. ދިއްދޫ ފިނޮޅު)

މީގެއިތުރުން މާފުށީ ޖަލުގައި ދެ ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި އައްސޭރި ޖަލާއި ހުޅުމާލެ ޖަލު އަދި ދޫނިދޫ ޖަލުގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.