ހުޅުމާލެއިން ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ކުޑަކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަމުން ދިޔައީ ދ. ކުޑަހުވަދޫ / ދާރުއްސަލާމް، (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފްލެޓް ނަންބަރު 128-4-01) އަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އާދަމް ޒިޔާން މުހައްމަދެވެ.

އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި އާދަމް އާޒިމް ވަނީ އަމިއްލައަށް އޭނާ ދިިރިއުޅޭ ގެއަށް ގޮސްފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އާދަމް ޒިޔާން މުހައްމަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އާއިލާއަށް އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު އޭނާ ދިިއިއުޅުމެނުން އައި ހުޅުމާލެ ފްލެޓުންނެވެ.

މިހާރަކަށްއައިސް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވެފައިވީނަމަވެސް އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން އެމީހުން އާއިލާއާއި އަމިއްލައަށް ހަވާލުވެއެވެ.